ދަރިފުޅަށް އިހުމާލުވި ކަމަށް ބުނެ ދަރިއަކު ނުވެސް ހުންނަ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް މައީޝާ (ރާޅު މަރިޔަނބު) ގެ ގެއަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓުން ދިޔަކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިހާތަނަށް ކައިވެނިވެސް ނުކުރާ ލަވަކިޔުންތެރިޔާ މައީޝާ ވަނީ މި ހާދިސާ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
އެގޮތުން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި މައީޝާ ބުނީ މިނިސްޓްރީގެ ފަރާތުން އޭނާގެ ދައްތައަށް ކޯލެއް ލިބުނު ކަމަށެވެ. އަދި ގުޅި ފަރާތުން މައީޝާގެ ދެ އަހަރުގެ ދަރިފުޅަށް އިހުމާލުވާކަމުގެ ރިޕޯޓެއް ލިބިގެން، އޭނާ އަތުން ކުއްޖާ ނަގަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށް މައީޝާ ވަނީ ބުނެފައެވެ.
މައީޝާ ބުނީ މިނިސްޓްރީން އޭނާއަކަށް ނުގުޅާ ކަމަށާއި، ދައްތަ ގުޅާފައި އެހެން ބުނުމުން މިނިސްޓްރީއަށް ގުޅައި ކަންވީގޮތް އޮޅުން ފިލުވަން މަސައްކަތް ކުރި ކަމަށެވެ.
"އެމީހުން ގުޅީ ދައްތައަށް، އެހެންވެ އަހަރެން ގުޅިގެން ވެގެން އުޅޭ ގޮތް ސާފުކުރަން. އެކަމަކު އެމީހުންނަކަށް ޖަވާބެއް ނުދެވުން." މައީޝާ ބުންޏެވެ.
އެފަހުން އަނެއްކާވެސް ދައްތަގެ ފަރާތުން ކޯލެއް ލިބުނު ކަމަށާއި، މި މައްސަަލަ ތަހުގީގު ކުރަން މިނިސްޓްރީ މީހުން ގެއަށް ގޮސްގެން އުޅޭ ކަމަށް ބުނެފައިވާ ކަމަށް މައީޝާ ވަނީ ބުނެފައެވެ.
"މިއީ ވަރަށް ބޮޑު ތުހުމަތުތަކެއް. އަހަރެންގެ ދަރިއަކު ނުހުރޭ." އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ވެއެވެ.
އޭނާ ބުނީ މިނިސްޓްރީއަށް ފަހުން ވެސް ގުޅައި މި މައްސަލަ ޖެއްސި ކަމަށާއި މިނިސްޓްރީން ފަހުން އޭނާގެ ދައްތައަށް ގުޅައި، އެއީ އޮޅުމެއް ކަމަށް އެއްބަސްވެ މާފަށް އެދުނު ކަމަށެވެ.
މިކަމާ ގުޅިގެން މީޑިއާއަކާ ވާހަކަދައްކަމުން މައީޝާ ބުނީ މިނިސްޓްރީއަށް ހެދުނު މި ބޮޑު ގޯހުގެ ސަބަބުން، "އޭނާ މީހަކާ ނީނދެ ދަރިއަކު ހުންނަ ކަމަށް ބުނެ" އަޑުތައް ފެތުރި، އޭނާގެ އަގު ވެއްޓި، އަބުރު ކަތިލެވިފައިވާ ކަމަށެވެ.
މިނިސްޓްރީން ފަހުން އޭނާއަށް ވެސް ގުޅައި މާފަށް އެދުނު ކަމަށާއި އެކަމަކު، މިއީ މާފަށް އެދިގެން ނިންމާލެވޭ ވަރަށް ވުރެ ބޮޑު، ސީރިއަސް މައްސަލައެއް ކަމަށް މައީޝާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު