ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމާ ދެކޮޅަށް ހިންގި މުޒާހަރާއެއް-
ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމާ ދެކޮޅަށް ހިންގި މުޒާހަރާއެއް-
ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތަށް ހައްޔަރުކުރި ޓީޗަރުގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މައްސަލައިގައި ތުހުމަތުވާ ފަރާތަކީ އުމުރުން 46 އަަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތެވެ.

ފުލުހުން ބުނީ އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން، 30 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ފިރިހެން މީހާއަކީ މާލޭގެ ސްކޫލެއްގައި ކިޔަވައިދެމުން އަންނަ ދިވެހި ފިރިހެން މުދައްރިސެކެވެ. އަދި އެމީހާ އެ ކުއްޖާ ދިރިއުޅޭ ގެއަށް ގޮސްފައި ވަނީ ޓިއުޝަން ދިނުމަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު