ކުރިން ބަޖެޓު ހަދަނީ ދަރަނި ދެއްކުމުގެ ބައި ނުހިމަނާތޯއޭ ވިދާޅުވެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ސުވާލު ކުރައްވައިފިއެވެ.
ވައްޑޭ މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ، މި އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.
ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް މިއަދު ހުށަހަޅާފައިވާ ބަޖެޓަކީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އެކްސްގައި ހިއްސާަކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދާނުލާ އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ 55 ބިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން މިއީ މިއަހަރަށްވުރެ ކުޑަ ބަޖެޓެއް ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވައްޑޭ ވަނީ ކުރިން ބަޖެޓު ހަދަނީ ދަރަނި ދެއްކުމުގެ ބައި ނުހިމަނާތޯ ސުވާލުކުރައްވާފައެވެ.
"ބަޖެޓަކީ އަރަންޏާ ދަރަންޏަށް އަންދާޒާކޮށް ހަދާ އެއްޗެއް ކަން މިވެރިންނަށް ކިޔަވައިދޭންޖެހޭ!" އެކްސްގައި ހިއްސާކުރެއްވި އިތުރު ޕޯސްޓެއްގައި ވައްޑޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު