މިއަހަރު އެހީގެ ގޮތުގަ ހޯދަން ބަޖެޓުކުރި 7 ބިލިއަންގެ ތެރެއިން ލޯ ލާރިއެއްވެސް ނުލިބޭ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވެފައި މިވަނީ އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން މިއަދު 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށައެޅުމާ ގުޅިގެންނެވެ.
މި ބޮޑު ބަޖެޓު ހުށައެޅުމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ބޭރުގެ އެހީގެ ގޮތުގައި 7 ބިލިއަން ރުފިޔާ މިއަހަރު ހޯދުމަށް ސަރުކާރުން ރޭވި ކަމަށެވެ. އެހެންނަމަވެސް ޕީއެންސީ ސަރުކާރު އައިފަހުން، ބާޒާރުންވެސް ނުވަތަ ގައުމުތަކާ ދެމެދު އޮންނަ ގުޅުންތަކުގެ ތެރެއިންވެސް އެންމެ ލާރިއެއް ހޯދުމަށް ވަނީ ނާކާމިޔާބު ވެފައި ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.
"މި ނާކާމިޔާބީން ދައްކުވައިދެނީ އިގްތިސާދީ ސިޔާސަތު ފެއިލްވުމާއި، ބޭރުގެ ގުޅުންތަކުގެ ސިޔާސަތުވެސް ފެއިލްވެފައިވާކަން. އަދި ބޭރުގައުމުތަކުން ކުރަމުން އައި އިތުބާރު ގެއްލިފައިވުމުގެ ސަބަބުން މިހާރު ގައުމުގެ އެތެރޭގެ ކަންކަމަށްވެސް ނޭދެވޭ އަސަރު ކުރަމުންދާކަން" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ސަރުކާރުން މިއަދު ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓަކީ، ތަރުތީބެއް ނެތް، އިގްތިސާދީ ހަގީގަތްތަކާ ދުރު، އަދި މުޖުތަމައުގެ ހާލަތު ނޭނގޭކަން ދައްކުވައިދޭ ބަޖެޓެއް ކަމަށެވެ.
ބިލުތައް ބޮޑުވެ، ވިޔަފާރިތައް ކުރިއަރަމުން ނުދާތީ ރައްޔިތުން މިހާރުވެސް ދަތިކަމުގެ ތެރޭގައި ތިބިކަން ފާހަގަކުރަމުން ޝާހިދު ވިދާޅުވީ އަންނަ އަހަރު ކަންކަން ރަނގަޅުވާނެ ކަމުގެ އެއްވެސް އުންމީދެއް މިއަދު ހުށަހެޅި ބަޖެޓުން ދައްކައި ނުދޭ ކަމަށެވެ. މިއީ އެއްވެސް މަގެއް ނެތް، އެއްވެސް ލުއިފަސޭހަކަމެއް ނެތް އަދި އެއްވެސް އިތުބާރެއް ނެތް ބަޖެޓެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
އަނެއްކާވެސް އަހަރެއް ބޭކާރުވެގެން ދަނީ ކަމަށާއި، އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށް އެމްޑީޕީގެ ރައީސް ޝާހިދު ވަނީ ވިދާޅުވެފައެވެ.
ޝާހިދު މިހެން ވިދާޅުވެފައި ވާއިރު، ސަރުކާރުން ބުނަމުންދަނީ ލޯނުތަކަށް ދައްކަން ބަޖެޓުގައިވާ ބައި އުނިކޮށްލުމުން، އަންނަ އަހަރަށް ލަފާކުރެވޭ ބަޖެޓަކީ މިއަހަރަށްވުރެވެސް ދަށް ބަޖެޓެއް ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު