ސިވިލް ސާރވިސް ގެ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ މުސާރަ މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ، މިއަދު ރާއްޖޭގައި މުހިއްމު ތިން ކަމެއް ތަންފީޒުކުރަން ފެށިފައިވާ ކަމަށެވެ.
އެގޮތުން ރައީސް ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭހެން ސިވިލް ސާރވިސްގެ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި މުސާރަ ބޮޑުކުރުން ހިމެނެއެވެ.
ހަމައެއައެކު 2007 ޖެނުއަރީ އެކަކުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނޭ ހުރިހާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން މިއަދުން ފެށިގެން ތަންފީޒުވާނެ ކަމަށާއި، ކަށި މިޔަރު ބޭނުމުގެ ހުއްދަ މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ހުއްދަކުރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ، މި މުނާސަބަތުގައި މި ކަންތައްތައް ހަގީގަތަކަށް ހެދުމުގައި މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކާއި، އަދި އެއްބާރުލުން ދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަށްވާފައެވެ.
މީގެކުރިން މިދިޔަ ސެޕްޓެމްބަރު 28 ގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑު ނުކޮށް ތިބި، ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ނޮވެމްބަރު 1 ގައި ހާމަނައިޒްކޮށް، މުސާރަ ބޮޑުވާނެ ކަމަށެވެ.
އަދި މިއަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑުވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
މުވައްޒަފުންގެ މުސާރަތައް އެއްހަމަކޮށް، ޕޭ ހާމަނައިޒް ކުރުމުގެ މަސައްކަތް ފެށީ މިދިޔަ ސަރުކާރުގައެވެ. އެ މަސައްކަތުގެ ދަށުން މިހާރު ވަނީ ނަރުހުންނާއި ޓީޗަރުންނާއި ސަލާމަތީ ޚިދުމަތްތަކުގެ މުސާރަތައް ބޮޑުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު