އައްސޭރި ޖަލުގައި ޤައިދީންނާއި ބަންދު މީހުންނަށް އޮންލައިންކޮށް ޝަރީޢަތްތަކުގައި ބައިވެރިވެވޭ ދެ ކޯޓް ރޫމް ހުޅުވައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުނީ، މި ފިޔަވަޅުގެ ސަބަބުން ޤައިދީން ޝަރީޢަތްތަކަށް ދަތުރުކުރުމުގެ ބުރަކަން ކުޑަވެ، ޚާއްޞަކޮށް ބަލިމީހުންނަށް ދިމާވާ ތަކުލީފުތައް ހައްލުވެގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން އާއިލާއާއި ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތުތައްވެސް އިތުރުވާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މި ކޯޓް ރޫމްތައް ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ. ކޯޓް ރޫމްތަކުގެ އިތުރުން، އައްސޭރި ޖަލުގައި މަސައްކަތްކުރާ އޮފިސަރުން ބޭނުންކުރުމަށް ތިން ބެރެކްސްވެސް ކޮމިޝަނަރ ޒަރީރު ވަނީ ހުޅުވައިދެއްވާފައެވެ.
ކަރެކްޝަނަލް ސާރވިސްއިން ބުނެފައިވަނީ އައްސޭރި ޖަލުގެ ޚިދުމަތްތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަަމަށެވެ.
އޭގެ ތެރޭގައި މި އަހަރުގެ ޖުލައިމަހު ހުޅުވި، ދިގު މުއްދަތަށް ބަންދުކުރަންޖެހޭ ކުށްކުރާ ކުޑަކުދިން ބޭތިއްބުމަށް ޚާއްސަ ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީއެއްވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު