ދީނީ އިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު
ދީނީ އިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު
ނުބައި ކަންތައް ކުރަން ލަދުގަންނަން ވާނެ ކަމަށާއި، އެއީ އީމާންކަމު ޗާޓާ ޕީގެ ބައެއް ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިހެން ވިދާޅުވެފައި މިވަނީ ދިވެހި ފިލްމު ލިލީގެ ޕްރިމިއާ ނައިޓަށް، ފިރިހެނަކު އަންހެންވެރިން އަޅާ ކަހަލަ ހެދުމެއް އަޅައިގެން ގޮސްފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލް ވެފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ޒައިދު ވިދާޅުވީ ފިރިހެނުން އަންހެން ހެދުން އެޅުމާ، އަންހެނުން ފިރިހެން ހެދުން އެޅުމަކީ ރަސޫލާ صلى الله عليه وسلم ލަޢުނަތް ލައްވާފައިވާ ކަމެއް ކަމުގައެވެ.

އަދި ލަދެއް ޙަޔާތެއް ނެތް ނަމަ ކޮންމެފަދަ ކަމެއްވެސް ބަޔަކު ކޮށްފާނެ ކަމަށާއި، އެހެންނަމަވެސް ނުބައިކަންކަން ކުރަން ލަދުގަންނަންވާނެ ކަމަށް ޒައިދު ވަނީ ވިދާޅުވެފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އެ ފޮޓޯއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ އިސްލާމް ދީނުގެ ޙުދޫދުން ބޭރުވާ ގޮތަށް ކަންކަން ނުކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް