މިސްކިތްތަކުގެ ހުރުމަތް ކަނޑައި، އެ ތަންތަނަށް ގެއްލުން ދިނުމުގެ މައްސަލަތައް ތަކުރާރުވަމުންދާތީ، އެފަދަ އަމަލުތައް ހުއްޓުވުމަށް ޚާއްޞަ ގާނޫނެއް ފަރުމާކޮށް ހަރުކަށި އަދަބު ކަނޑައެޅުން މުހިންމު ކަމަށް ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިޚް ޒައިދު މިހެން ވިދާޅުވީ މާލެއާއި ހުޅުމާލޭގެ މިސްކިތްތަކަށް ގެއްލުންދީ، ނަޖިސްކުރާ މައްސަލަތަކުގައި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، މީސްމީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި މައްސަލައިގައި އާންމުންގެ ނުރުހުން ބޮޑުވެފައިވަނީ، މިސްކިތްތަކަށް ތަކުރާރުކޮށް ގެއްލުންދީ ނަޖިސްކުރާ މައްސަލައެއްގައި އުމުރުން 30 އަހަރުގެ ނައުޝާދު މޫސާ ނަމަކަށް ކިޔާ މީހަކު އެންމެ ފަހުން ވެސް ހައްޔަރުކުރުމާ ގުޅިގެންނެވެ.
އެ މީހާ މިސްކިތް ތެރެއަށް ބޮޑުކަމުގޮސް، ތަކުރާރުކޮށް މިސްކިތްތަކުގެ ހުރުމަތް ކަނޑަމުންދިޔަ ނަމަވެސް، ކުރު މުއްދަތަކަށްފަހު މިނިވަންވެ އަލުން މުޖުތަމަޢުގެ ތެރެއަށް ނުކުމެ އެފަދަ ކަންކަން ތަކުރާރުކުރާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޝެއިޚް ޒައިދު ފާހަގ ކުރެއްވި ގޮތުގައި މިސްކިތްތަކަކީ ބިންމަތީގައިވާ އެންމެ މުގައްދަސް ބިނާތަކެވެ. ނަމަވެސް، އެފަދަ ތަންތަނަށް ބޮޑުކަމުގޮސް ނަޖިސް އަޅައި، ގެއްލުންދޭ މީހުން އެ އަމަލުތައް ތަކުރާރުކުރަނީ މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން އެކަމަށް އެކަށީގެންވާ ފަރުވާއެއް ނުވަތަ ހައްލެއް ނުލިބޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން، މިސްކިތްތަކުގެ ހުރުމަތް ރައްކާތެރިކުރުމަށްޓަކައި ސަރުކާރުން އަވަސް އަދި ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަކީ ނުހަނު މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ފަހަކަށް އައިސް މާލެއާއި ހުޅުމާލޭގެ ބައެއް މިސްކިތްތަކަށް ގެއްލުންދިނުމުގެ ހާދިސާތައް ވަނީ އިތުރުވެފައެވެ. އެގޮތުން، ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަޅާލައި ބޮޑެތި ގެއްލުންތަކެއް ދީފައިވާ މައްސަލައެއް ވެސް ދާދިފަހުން ވަނީ ތިލަވެފައެވެ.
މިފަދަ އަމަލުތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅޭތީ އާންމު ރައްޔިތުންގެ މެދުގައި ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު