އިޒްރޭލުން ލުބްނާނުގެ ރެފިއުޖީ ކޭމްޕަކަށް އަމާޒުކޮށް ދިން ވައިގެ ހަަމަލާ-
އިޒްރޭލުން ލުބްނާނުގެ ރެފިއުޖީ ކޭމްޕަކަށް އަމާޒުކޮށް ދިން ވައިގެ ހަަމަލާ-
އިޒްރޭލުން ދެކުނު ލުބުނާނަށް އަލުން ދިން ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށާއި، މިފަދަ ހަމަލާތަކުގެ ސަބަބުން ސުލްހަ ގެއްލިދާނެ ކަމަށް އދ އިން ބުނެފިއެވެ.

އިޒްރޭލުން ދެކުނު ލުބުނާނުގެ އައިން އަލް-ހިލްވާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއާއި، އާންމު ރައްޔިތުންނަށާއި، އދ.ގެ ސުލްހަ ބަލަހައްޓާ ފައުޖުގައި ހިމެނޭ ސިފައިންނަށް ތަކުރާރުކޮށް ދިން ހަމަލާތައް ފާހަގަކުރަމުން، އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވަނީ އިޒްރޭލުގެ މި އަމަލުތައް ކުށްވެރިކުރައްވާފައެވެ.

އޭނާ ވިދާޅުވީ މަދަނީން ނަށާއި، މަދަނީ ތަންތަނަށް ތަކުރާރުކޮށް ދޭ މި ހަމަލާތަކަކީ ހަނގުރާމައިގެ ކުށެއް ކަމަށާއި އަދި އދ.ގެ ޗާޓަރާ ހިލާފުވުން ކަމަށެވެ. އަދި އައިން އަލް-ހިލްވާ އަށް ދިން ހަމަލާ އަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ދެމުންދާ އެތައް ހަމަލާތަކުގެ ތެރެއިން ދިން ހަމަލާ އެއް ކަމުގައި އޭނާ ވަނީ ފާހަގަކޮށްފައެވެ.

މި ހާދިސާތަކަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރެވޭ ޖަރީމާ ތައް ކަމަށާއި، އަދި ސެކިއުރިޓީ ކައުންސިލްގެ 1701 ވަނަ ގަރާރާއި ޚިލާފުވުމެއް ކަމަށާއި، ލުބުނާނުގެ ސިޔާދަތަށް ސީރިއަސް ގޮތެއްގައި އަރައިގަތުން ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ފާހަގަކުރެއްވިއެވެ.

އިޒްރޭލުން ލުބުނާނަށް ދިން ހަމަލާގައި މަދުވެގެން 13 މީހުން މަރުވެ، އިތުރު ގިނަ މީހުން ޒަޚަމްވި ކަމަށް ލުބުނާންގެ ސިއްހަތާ ބެހޭ ވުޒާރާއާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް