އެޕިސޯޑް 11
...............
[ފިރާ އަހަރެމެން މިއުޅެނީ މާދަމާ ކުޑަބަނޑޮހަށް ދަތުރުދާން. ފިރާވެސް ދާންވާނެ. މިގޭ އެންމެންވެސް ގެންދަންވާނެ.] މުޢާޒު ބޭނުންވަނީ ތަފާތު ޙަރަކާތްތައް ދައްކައިގެން ނަމަވެސް ފިރާޝާ ހަމަޔަކަށް އަޅުވާށެވެ. ފިރާޝާ ގަދަކަމުން ހިނިތުންވެލިއެވެ. އެދުވަހު ދަތުރުގެ ހުރިހާ ތައްޔާރީތަކެއް ކުރީ ސުދާއެވެ. ކޮންމެވެސްވަރަކަށް އަސްޢަދުވެސް ދަތުރަށް ތައްޔާރުވުމުގައި ބައިވެރިވިއެވެ.
[ނޫޑުލްސް ގަނެފިންތަ؟] ބޭރުން އައިސް ވަން މުޢާޒު ކޮންމެވެސް މަސައްކަތެއްގައި މަޝްޣޫލުވެގެން އިން އަސްޢަދު ސުވާލުކުރިއެވެ.
[ތިކަންތަކާ ޙަވާލުވެގެންހުރީ ސުދާ. ހީވަނީ ދަތުރުގެ ހުރިހާ ކަމެއްވެސް ހަމަޖެހިއްޖެހެން.] އަސްޢަދު ތެދުވެ ހިންދެމިލިއެވެ. މުޢާޒު ވަދެގެން ދިޔައީ އެތެރެއަށެވެ.
ދަތުރަށް ފެށުނީ ފަތިހު ފަހެއްޖަހަން އުޅެނިކޮށެވެ. ދަތުރުގައި މުޢާޒުގެ ޢާއިލާގެ މެންބަރުންގެ އިތުރުން މުޢާޒާއި އަސްޢަދުގެ ރައްޓެހިންވެސް ބައިވެރިވިއެވެ. ދޯނި ދުއްވާލުމާއެކުހެން އަސްޢަދުގެ ނަޒަރު ހުއްޓިފައިވަނީ ސުދާއަށެވެ. އެހެންވެ ކުޑަބަނޑޮހަށް ދެވެންދެން ސުދާ އިނީ ބަސްމަދުވެ ލަދުގެންފައެވެ. އޭނާއަށް އިސްއުފުލައިލެވޭ ކޮންމެ ފަހަރަކުވެސް އަސްޢަދުގެ ނަޒަރުން އޭނާ ލަދުގަންނަވާލިއެވެ. އަސްޢަދު ހީވަނީ ދަހިވެތި ބުޅަލެއް މަސްގަނޑަކަށް ބަލަހައްޓައިގެން އިންނަހެނެވެ.
[ޢިޝްޤީ ނަޒަރުން ކީއްވެ ބަލަނީ....] އަސްޢަދު ސިހުނީ އޭނާގެ ރަޙްމަތްތެރިޔާ ނިޔާޒުގެ އަޑުންނެވެ. އޭރު ނިޔާޒު އިނީ ހިނިއައިސްފައެވެ. އަސްޢަދު ތެދުވެގެން ގޮސް ނިޔާޒު ގާތުގައި އިށީނެވެ.
[މަންމަމެން ތިއްބާ ލާނެތްނުވެބަލަ.] އަސްޢަދު ހަމައެކަނި ނިޔާޒަށް އަޑުއިވޭވަރަށް ބުންޏެވެ. އޭރު ދޯނި ކުޑަބަނޑޮހާ އަރާ ހަމަވަނީއެވެ.
ރަށަށް ފޭބުމަށްފަހު އެކިމީހުން މިޞްރާބުޖެހީ އެކިދިމަދިމާއަށެވެ. ފިރާޝާއާއި ސުދާ ކެއްކުމަށް މަޝްޣޫލުވެގަތްއިރު އަނެއްބަޔަކު ތަފާތު ކުޅިވަރުތަކުގައި މަޝްޣޫލުވިއެވެ. މުޢާޒު ކުޑަދަރިފުޅު އަޒްހާން ގޮވައިގެން ރަށުގެ އިރުމައްޗާ ދިމާއަށް ހިނގައިގެންފިއެވެ. ބާކީވެ އެކަނިވެރިވެފައި ހުރީ އަސްޢަދެވެ. އޭނާ އިނީ ދުރުގައި ސުދާގެ ޙަރަކާތްތަކަށް ބަލާށެވެ.
[އަސްޢަދު ކުޅިވަރެއްގައި ބައިވެރިވާކަށްވެސް ނުދަންތަ؟ މުޢާޒު ދިޔައީ ކޮންދިމާއަކަށް.] ފިރާޝާ ފަހަރީގެ އަޑުން އަސްޢަދު ސިހުނެވެ.
[އަހަރެން ކުޅިވަރެއް ކުޅޭހިތެއް ނުވޭ. ބޭބެ އެދަނީ ކޮއްކޮ ގޮވައިގެން.] އަސްޢަދު ބުންޏެވެ. އޭރު މުޢާޒު ދަރިފުޅުގެ އަތުގައި ހިފައިގެން ރާޅުޖަހާ ހިސާބުން ރަށުގެ އިރުމަތީ ފަރާތު ދިމާއަށް ހިނގާފައިދެއެވެ. ދިޔަވަރު ހިކިފައިވާ ވަގުތަކަށް ވިޔަސް އަދި ރާޅުބާނިތައް މުޢާޒާއި އަޒްހާންގެ ފައިދަށަށް ބީއްސަމުން ދިޔައެވެ.
ހިނގަމުން ހިނގަމުން ވަކިހިސާބަކަށް ދެވުނުތަނާހެން ކޮންމެވެސްވަރަކަށް ވިއްސާރައިގެ އަސަރު ދުނިޔެމައްޗަށް ވެރިވިއެވެ. މުޢާޒު ހުއްޓުނެވެ. އުޑުމައްޗާ ދިމާއަށް ބަލައިލިއެވެ. މުޅި އުޑުމަތިވެސް ބައްދާލާފައި ވަނީ ބޯ ކަޅުވިލާތަކަކުންނެވެ. ބައެއްފަހަރަށް ދެންމެ ދެންމެ ވެހިގެންފާނޭހެންވެސް ހީވެއެވެ. ރަތް ހެދުމެއްގައި އިން ފަތްމިންޏެއްފަދަ އަންހެން ކުއްޖަކު މުޢާޒަށް ފެނުނީ އެވަގުތުއެވެ. އެކުއްޖާ އިނީ ރާޅުޖަހާ ހިސާބުގައި އިށީނދެގެންނެވެ. އުނަގަނޑުން ތިރި އޮތީ މޫދުގައެވެ. ވަޔާއެކު އެކުއްޖާގެ ބޮލުގައި ފަން އިސްތަށިގަނޑު ވިހުރެމުންދާއިރު ހީވަނީ ސާދަވިލޭރެއެއްގެ ހަނދު ފަލަކުގައިވާހެނެވެ.
މުޢާޒަށް ބޭއިޚްތިޔާރުގައި އެކުއްޖާއާ ދިމާއަށް ހިނގައިގަނެވިއްޖެއެވެ. މުޢާޒު ދިޔަގޮތަށް ގޮސް ހުއްޓުނީ އެކުއްޖާގެ ކުރިމައްޗަށް ކަހަލަ ގޮތަކަށެވެ. އޭރު މުޢާޒު އަދި އެކުއްޖާގެ އުނަގަނޑުން ތިރިއެއް ނުދެކެއެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ އެކުއްޖާގެ ހިނިތުންވެފައިވާ މޫނަށެވެ.
[ކޮންކުއްޖެއް؟ ހާދަ އެކަނިވެރިވެފައި.] މުޢާޒު އެކުއްޖާގެ ލޮލަށް ބަލަން ހުރެފައި އެއްސެވެ.
[މުޢާޒު ކަހަލަ އިންސާނެއްގެ ލޯތްބަށް އެދި އެދި ހުރި ކުއްޖެއް....އަހަންނަށް ކިޔަނީ ރާނީ.] އެކުއްޖާ އާދެ! ރާނީ ހީގަތެވެ. ރާނީގެ އުނަގަނޑުން ތިރިއަށް މުޢާޒުގެ ނަޒަރު ހުއްޓުނީ އެވަގުތުއެވެ. އޭނާއަށް ބިރުން ފަހަތަށް ޖެހިލެވުނެވެ. މީގެކުރިން އޭނާ ދުވަހަކުވެސް އެސިފައަށް އިން ކުއްޖަކު ނުދެކެއެވެ. އެކުއްޖާގެ އުނަގަނޑުން ތިރި ސިފަވަނީ ބިޔަ މަހެއްގެ ނިގުލަކާއެވެ.
[ބިރުނުގަނޭ....ބޭނުންވެއްޖެ ހިނދެއްގައި އަހަންނަށް އާދައިގެ އަންހެން ކުދިންގެ މަޤާމަށްވެސް އާދެވިދާނެ. ތިއައީ މުޢާޒުގެ ދަރިފުޅުތަ؟] ރާނީ އިނީ ހިނިއައިސްފައެވެ. މުޢާޒު އާއެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ.
[އެކަމަކު މުޢާޒަކާ ވައްތަރެއް ނޫން. ވައްތަރީ މުޅިން އެހެން މީހަކާ....] ރާނީ ވާހަކަ ދެއްކީ ނިކަން މަޑުމައިތިރި ރާގަކަށެވެ. އެހެންވެ މުޢާޒަށް ހިތްވަރު ލިބުނެވެ.
[ކާކާތަ ވައްތަރީ؟] މުޢާޒު ސިއްރު ސިއްރުން ދަރިފުޅުގެ މޫނަށް ބަލައިލިއެވެ.
[އޭނަ މަރުވެއްޖެ. ފިރާޝާ ކައިރިން އަހާތި. އަހަރެން އަދި ފަހުންވެސް ބައްދަލުކުރާނަން.] ރާނީ މޫދުގެ ލޮނުގަނޑުތެރެއަށް ފީނައިގަތެވެ.
[ބައްޕާ ދެންމެ ބައްޕަ ކާކާ ވާހަކަ ދެއްކީ.] މުޢާޒު ސިހުނީ ދަރިފުޅުގެ އަޑުންނެވެ. އޭރު އަޒްހާން އިނީ މުޢާޒުގެ އަތުގައި ހިފަހައްޓައިގެންނެވެ.
[ބައްޕަ ވާހަކަ ދެއްކީ މާމެއިޑަކާ.] މުޢާޒު ދަރިފުޅުގެ ކޮލުގައި ނުހަނު ލޯތްބާއެކު ހިފާލިއެވެ.
[ކޮބައިތަ މާމެއިޑް. ކޮއްކޮއެއް ނުދެކެން. ކޮއްކޮއަށް ދައްކަބަލަ.] ތެދެކެވެ. ރާނީ ފެނުނީ ހަމައެކަނި މުޢާޒަށެވެ. އަޒްހާނެއް ރާނީއެއް ނުދެކެއެވެ. ދަރިފުޅުގެ ވާހަކައިން މުޢާޒަށްވެސް އެކަން އެނގުނެވެ. އޭނަ އަވަސް އަވަހަށް އެނބުރި އައިކޮޅަށް ހިނގައިގެންފިއެވެ. އޭނާހުރީ ކޮންމެވެސްވަރަކަށް ބިރުގެންފައެވެ.
މުޢާޒު ދިޔަގޮތަށް ގޮސް އެވާހަކަ އެންމެން ކައިރީ ދެއްކިއެވެ. ނަމަވެސް އެއީ ޙަޤީޤަތެއް ކަމަށް އެކަކުވެސް ޤަބޫލެއް ނުކުރެއެވެ.
[ބޭބެ މިއުޅެނީ އަހަރެމެން މޮޔަ ހައްދަންދޯ؟] އަސްޢަދުވެސް މުޢާޒުގެ ވާހަކައާ ދެކޮޅުހެދިއެވެ.
[މިހެން ބުނިއިރުވެސް އަހަންނަށް އެނގޭ، ޤަބޫލު ނުކުރާނެކަން. އެނގޭތަ އޭނަ ބުނި އެއްޗެއް. އަހަންނާ މިދަރިފުޅާ ވައްތަރެއްވެސް ނޫނޯ. މި ދަރިފުޅާ ވައްތަރު މީހާ މަރުވެއްޖެޔޯ.] މުޢާޒު ބޭނުންވީ އިތުރު ތަފްޞީލު ދީގެންވެސް އެމީހުންނަށް ޤަބޫލު ކުރެވޭތޯއެވެ. މުޢާޒުގެ މި ޖުމްލައާއެކު ފިރާޝާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
[ތިހެންވީއިރު ތިބުނާ އަންހެން ކުއްޖާ ކީއްވެ އަޒްހާނަށް ނުފެނުނީ....؟] މިފަހަރު ވާހަކަ ދެއްކީ ބައްޕައެވެ. އެމީހުން ޤަބޫލު ނުކުރާނެކަން އެނގޭތީ މުޢާޒު އިތުރަކަށް އެ މައުޟޫޢަކަށް ވާހަކައެއް ނުދައްކައެވެ. އޭނާ ހިނގައިގަތެވެ. އަނެއްކާވެސް އެކުއްޖާ ފެނޭތޯއެވެ. މިފަހަރުވެސް މުޢާޒު ދިޔައީ ރާޅުޖަހާ ހިސާބުން އެކުއްޖާ ފެނުނު ދިމާއަށެވެ.
[މުޢާޒު.....] ފުރަގަހުން ކަހަލަ ގޮތަކަށް ރާނީގެ އަޑު އިވުނެވެ. މުޢާޒު ސިހިފައި އެނބުރުނެވެ. ރާނީ ހިނިއައިސްފައި އިނެވެ.
[އަހަރެންގެ ވާހަކަ އެމީހުން ޤަބޫލެއް ނުކުރިދޯ؟] ރާނީ އެހިއެވެ. މުޢާޒަށް ބެލެނީ ރާނީގެ އުނަގަނޑުން ތިރިއަށެވެ. އުނަގަނޑުން ތިރި މަހެއްގެ ސިފައިގައި ވިޔަސް، މޫނުމަތީގެ ސިފަ ފަތްމިންޏެއް ފަދައެވެ.
[އާނ.....ރާނީ އަބަދުވެސް އުޅެނީ މިތާނގައިތަ؟] މުޢާޒު ވަށައިގެން ހޯދާލިއެވެ.
[އާނ މިހާރު މިއުޅެނީ މިތާނގައި. އެކަމަކު މުސްތަޤްބަލުގައި އަހަރެން ބޭނުންވަނީ ތިކަހަލަ އިންސާނެއްގެ ޙަޔާތުގެ ބައިވެރިއަކަށްވާން. މުޢާޒު އަހަންނަށް އެފުރްޞަތު ދޭންވީނު.] ރާނީ މުޅިން އެއްގަމަށް އެރިއެވެ. ހަމައެއާއެކު މަހެއްގެ ސިފައިގައި އޮތް ރާނީގެ ސިފަ ބަދަލުވެއްޖެއެވެ. އާއެކެވެ. މިހާރު އެއީ މާމެއިޑެއް ނޫނެވެ. ރީތި އަންހެން ކުއްޖެކެވެ. ގައިމެވެ. މީގެކުރިއަކުން އެފަދަ ރީތި ސިފައެއް ލިބިފައިވާ ކުއްޖަކު މުޢާޒެއް ނުދެކެއެވެ. ރާނީ ބަދަލުވިތަން ފެނިފައި މުޢާޒު ހުރީ އިންތިހާއަށް ޙައިރާންވެފައެވެ. ކޮންމެވެސްވަރަކަށް އޭނާ ބިރުވެސްގަތެވެ.
[ރާނީއަށް އެނގެއެއްނު، އަހަންނަކީ މީހެއްގެ ފިރިއެއްކަން.] މުޢާޒު ކުޑަކޮށް ފަހަތަށް ޖެހުނެވެ.
[އާނ އެނގޭ. ހުރިހާ ކަމެއްވެސް އަހަންނަށް އެނގޭ. އެކަމަކުވެސް މުޢާޒުގެ ޙަޔާތުގެ ބައިވެރިއަކަށްވާން އަހަރެން ބޭނުން. މުޢާޒު ތީ އިންސާނުންގެ ތެރެއިން އަހަރެން އެންމެ ފުރަތަމަ ލޯބިވި މީހާ. އަދި އެންމެފަހުންވެސް ލޯބިވާނެ މީހަކީ ތީ.] ރާނީ ވާހަކަ ދެއްކީ ކުރިއަށްވުރެންވެސް އޯގާތެރިކޮށެވެ.
[މަޢާފްކުރޭ ރާނީ. އަހަރެން ނޫން އެހެން މީހަކު ހޯދަންވީނު.] މުޢާޒު ވާހަކަ ދެއްކީ ބިރުގެންފައި ހުރެއެވެ.
[ނުވާނެ ތިކަމެއް...އަހަންނަކަށް އިތުރު މީހަކުދެކެ ލޯތްބެއް ނުވެވޭނެ. އަހަރެން ބޭނުމީ ހަމައެކަނި މުޢާޒުގެ ޙަޔާތުގެ ބައިވެރިޔަކަށްވާން. ފިރާޝާ އެއީ މުޢާޒު ތި ހީކުރާކަހަލަ ވަފާތެރި އަންބެއް ނޫން...އޭނާ ވަރިކުރޭ. އެހެން ނޫނަސް މުޢާޒު އޭނަދެކެ ލޯތްބެއްވެސް ނުވެއެއްނު. މުޢާޒުގެ ޙަޤީޤީ ލޯބިވެރިއަކީ ސުދާއެއްނު.] ރާނީ ކުރިއަށް ހިނގައިގަތެވެ.
[އާދޭސްކުރަން...އަހަރެން ދޫކޮށްލާ. އަހަންނަކަށް ރާނީ ތިބުނާހާ ގާތަކަށް އަހަރެންގެ ޙަޔާތުގެ ހުންގާނު ދޫކޮށެއް ނުލެވޭނެ.] މުޢާޒު ހިނގައިގަތެވެ.
[ނުދޭ މުޢާޒު.....އަހަންނަށް ފުރަގަސްދީފައި ނުދޭ....] ރާނީ އާދޭހާއެކު އެދުނެވެ. ނަމަވެސް މުޢާޒު އެ އަޑު އިވޭކަމަކަށް ނަހަދައެވެ. އޭނާ ވަކިހިސާބަކަށް ގޮސް ދުއްވައިގެންފިއެވެ. ދުވަމުން ދުވަމުން ގޮސް ފިރާޝާމެނާ އަރާހަމަވިތަނާ އޭނާ ޚަބަރު ހުސްވިއެވެ. އޭރު އެތާނގައި ތިބީ ފިރާޝާއާއި ސުދާގެ އިތުރުން ޙަފީޒާއެވެ. ފިރާޝާ މުޢާޒުގެ ބޮލަށް ފެންއަޅަން ފެށިއެވެ. ސުދާ ފިރިހެންވެރިންގެ ޚަބަރެއްވޭތޯ ދުއްވައިގަތެވެ.
[މުޢާޒު....ލޯ ހުޅުވަބަލަ.] ފިރާޝާ ފެންކަޅިވިއެވެ. ޙަފީޒާއަށްވެސް މުޢާޒަށް ކޮންމެވެސްކަމެއް ވެއްޖެކަން އެނގުމުން، ފިރާޝާގެ އަޑު އަންނަ ދިމާ ފާހަގަކޮށް ހިނގައިގަތެވެ.
[ދަރިފުޅާ މުޢާޒަށް ކިހިނެއްވީ؟] ޙަފީޒާ ހިތް ނުތަނަވަސްވިއެވެ.
[އެއްވެސްކަމެއް ނުވޭ....މަންމަ ތިތާ އިށީނދެބަލަ...] ފިރާޝާ ދޮގުހެދިއެވެ.
[ނޫން....މުޢާޒަށް ކޮންމެވެސް ކަމެއް ވެއްޖެ.] ބިންމަތީގައި އޮތް ލަކުޑިގަނޑެއްގައި އަޅައިގެންފައި ޙަފީޒާ ކައްސާލީ އެވަގުތުއެވެ. އެއީ ސުދާ ފިރިހެންވެރިން ގޮވައިގެން އައިސް އެތަނާ އަރާހަމަވި ވަގުތެވެ. މަންމަ ބިންމަތީގައި ޖެހުމުގެ ކުރިން އަސްޢަދު ހިފެހެއްޓިއެވެ. ޒަކީ ތެޅިފޮޅެމުން އައިސް މުޢާޒުގެ ބޯ އޭނާގެ އުނގުމަތީގައި ބާއްވައިގެން އިނދެ ގޮވަން ފެށިއެވެ. އަސްޢަދުވެސް މަންމަ އަތުލަފިކޮށްގެން އައިސް ބޭބެ ގާތަށް ހުއްޓުނެވެ.
[ދަރިފުޅާ މުޢާޒު ލޯ ހުޅުވަބަލަ.] ޒަކީ މުޢާޒުގެ ބޮލުގައި ފެން އުނގުޅަން ފެށިއެވެ. ޒަކީގެ އިތުރުން އެންމެންވެސް ތިބީ ވަރަށް ބޮޑަށް ހާސްވެފައެވެ.
[ބައްޕާ އަވަހަށް ބޭބެ ގޮވައިގެން މާލެ ދާންވީނު.] އަސްޢަދު ލަފާދިނެވެ. އޭރު ހަވީރު ހަތަރެއްޖަހާ ބޮޑުވެއްޖެއެވެ.
މާލެ ދިޔުމަށްޓަކައި ދަތުރު ފެށުނުތަނާހެން މުޢާޒު ހޭއެރިއެވެ.
[ބައްޕާ އަހަންނަށް ކިހިނެއްވީ؟] މުޢާޒު ލޯ ހުޅުވާލައި ވަށައިގެން ތިބި އެންމެންގެ މޫނަށް ވަކިވަކިން ބަލައިލިއެވެ.
[ދަރިފުޅާ އިހަށް އަރާމުކޮށްލާ.] ޒަކީ މުޢާޒުގެ ބޮލުގައި އަތް ކާއްތާލިއެވެ. މުޢާޒު ވަށައިގެން ހޯދާލިއެވެ. ފެނުނީ ވަށައިގެންވާ ކަނޑެވެ. އޮވެވުނީ ދޯނިމަތީގައިކަން އޭނާއަށް އެނގުނީ ދެނެވެ.
[މާ އަވަހަށް ދަތުރު ނިންމާލަނީތަ؟] މުޢާޒު ތެދުވަން އުޅުނެވެ.
[މިހާރު އެހެރަ އިރުއޮއްސެނީނު. ދަރިފުޅު އިހަށް ނުތެދުވެ އުވޭ....] ޒަކީ ނުހަނު ލޯތްބާއެކު މުޢާޒުގެ ބުރަކަށީގައި ފިރުމާލިއެވެ. މުޢާޒު އޮށޯތެވެ. އޭރު ދޯނީގެ ދިރުނބާކޮޅުގައި އިނީ އެކަނި ސުދާއެވެ. ސުދާ އިނީ ކޮންމެވެސް ފިކުރެއްގެ ތެރެއަށް ގެއްލިފައެވެ. އެހެން އިންނަ އިނުމުގައި، އޭނާ ދޭތެރެ ދޭތެރެއިން މުޢާޒާ ދިމާއަށް ބަލާލައެވެ. ސުދާ ކިތަންމެ ދުރުގައި ހުއްޓަސް އަސްޢަދުގެ ނަޒަރުން އޭނާއަކަށް ސަލާމަތެއް ނުވެވުނެވެ.
[އަހަރެންގެ ސަބަބުން ދަތުރުގެ ފޯރި މުޅިން ގެއްލިއްޖެދޯ؟ އަދި އަނބުރާލާފައި ދާންވީނު.] މުޢާޒު ވާހަކަ ދައްކަމުން ތެދުވިއެވެ.
[ނޫނޭ މުޢާޒު. މުޢާޒު ބަލިވީ ދަތުރު ނިމެން އުޅެނިކޮށޭ.] މުޢާޒުގެ ވާހަކައާ ގުޅުވައިގެން އަސްޢަދުގެ ރަޙްމަތްތެރިޔާ ނިޔާޒް ވާހަކަ ދެއްކިއެވެ.
[ބައްޕާ....މަންމާ.....] ދިރުނބާކޮޅުގައި އިން ސުދާގެ އަޑަށް އެވަގުތު އެންމެން ސަމާލުވިއެވެ. ބަލައިލެވުނީ އެންމެނަށް އެއްފަހަރާ ކަހަލަ ގޮތަކަށެވެ. އޭރު ސުދާއެއް ފެންނާކަށް ނެތެވެ. އާއެކެވެ. ސުދާ ކަނޑަށް ވެއްޓުނީއެވެ. ވަގުތުން އަސްޢަދު ފުންމާލިއެވެ. ފަހަތުން ނިޔާޒާއި އަދި އިތުރު ތިންމީހަކުވެސް ފުންމާލައިފިއެވެ. މުޢާޒަކަށްވެސް ނުހުރެވުނެވެ. އެންމެފަހުން އޭނާވެސް ފުންމާލިއެވެ. ނެވިމީހާ އިސާހިތު ދޯނި އަނބުރާލިއެވެ. ދެރަކަމަކީ ސީދާ ސުދާ ވެއްޓުނު ދިމާ އެމީހުނަށް ނޭނގުނުކަމެވެ. ފަތާފަތާ ވަރުބަލިވީއިރުވެސް އެމީހުނަށް ސުދާއެއް ނުފެނުނެވެ. އޭރު ދޯނިމަތީގައި ތިބި އެއްބަޔަކު ރޮނީއެވެ. ލޮލަށް ނުފެނުނަސް، ވެގެން އުޅޭގޮތް އެނގޭތީ ޙަފީޒާވެސް ރޮނީއެވެ.
[އަދިވެސް ސުދާ ނުފެނޭތަ؟] ޙަފީޒާ ރޮމުން ވާހަކަ ދެއްކިއެވެ.
[ނުރޮއި ދައްތާ...އަހަރެން މިއިނީއޭ.] އެވަގުތު ދޯނިމަތީގައި ތިބި މީހުން ސިހުނީ ސުދާގެ އަޑުންނެވެ. ސުދާ އިނީ ޙަފީޒާގެ ފުރަގަހުގައެވެ.
[ކީއްވެ ސުދާ ދޯންޏަށް އެރިއިރު އަހަރެމެނަށް ނުފެނުނީ. އަނެއްކާ ސުދާ އަމިއްލައަށްތަ އެރީ؟] ޙައިރާންވެފައި ހުރި ފިރާޝާ އެއްސެވެ.
[އާނ އަހަންނަށް ވަރަށް ރަނގަޅަށް ފަތަން އެނގެއޭ. ފިރާމެނަކަށް އަހަރެން އެރިތަނެއް ނުފެންނާނެއެއްނު. އަހަރެން އެރީ ފިރާމެނަށް ނުފެންނަ ގޮތަށް ވިސްނާފައި ވިއްޔަ.] ސުދާ މޭ ފުއްޕާލާފައި ބުންޏެވެ. އޭރު ފަހަރަކު މީހަކު ފަތާފައި އައިސް ދޯންޏަށް އަރަނީއެވެ. އެންމެފަހުން ދޯންޏަށް އެރީ އަސްޢަދެވެ.
[ސުދާ ހާދަ ކުޅަދާނައޭ. ފެތުމުގެ މުބާރާތެއްގައިވެސް ބައިވެރިވެވިދާނެ.] ދޯންޏަށް އަރަމުން މުޢާޒު ތަޢުރީފު ކުރިއެވެ.
[އެކަނި ފަތާކަށް ނޫން ކުޅަދާނައީ. ޝިކާރަ ކުރަންވެސް ވަރަށް މޮޅުވާނެ. އެއްވެސް ކަމަކުން އަހަންނަށްވުރެން ކުރި ހޯދާކަށް ނުކެރޭނެ.] ސުދާ ފަޚުރުވެރިވިއެވެ.
[ބިރުން ހަލާކުވެއްޖެ.] އަސްޢަދު ހުރީ ވަރަށް ވަރުބަލިވެފައެވެ. އެންމެން ދޯންޏަށް އަރާ ނިމުމާއެކު، ނެވިމީހާ އަނެއްކާވެސް ދޯނި ދުއްވާލައިފިއެވެ. ދުއްވާތާ އިރުކޮޅެއްގެ ފަހުން މާލޭގެ މަލަ ދުރުން ފެންނަން ފެށިއެވެ. ނެވިމީހާ ދޯނީގެ ދުވެލި ބާރުކޮށްލިއެވެ. މާލޭ ކަނޑިންމައިން ވަދެވެންދެން ދޯނިތެރޭގައި ދެކެވެމުން ދިޔައީ ތަފާތު މައުޟޫޢުތަކުގެ ވާހަކަތަކެކެވެ. ބައެއް މީހުން ސުދާގެ ކުޅަދާނަ ކަމަށް ތަޢުރީފު ކުރާއިރު، އަނެއްބަޔަކު އެކަމަށް ތާއީދު ކުރަމުންދެއެވެ.
[އެންމެންވެގެން ތިވަރަށް އަހަންނަށް ތަޢުރީފް ނުކުރޭ. އަހަރެން މޮޔަވެދާނެ.] މުޢާޒުމެންގެ ތަޢުރީފްގެ އަޑުއަހަން އިނދެފައި ސުދާ މޮޅިވެލިއެވެ. އޭނާގެ އެޙަރަކާތުން އަސްޢަދަށް އޭނާގެ ލަޠީފީކަން އިތުރަށް ހާމަވި ކަހަލައެވެ. އޭނާ ހީވަނީ ސުދާގެ ނިތްކުރީގައި ލިޔެވިފައިވާ ލިޔުމެއް ކިޔަން އުޅޭހެނެވެ. އެވަގުތު އޭނާގެ ހިތަށް އަރަމުންދިޔައެވެ. [އެ ލަދުވެތި ޙަރަކާތް ގެނައިއިރު އޭނާގެ ރީތިކަން މާ ފުރިހަމައެވެ. އަދި އަހަންނަށް އޭނާގެ ލޯބި ލިބޭނެއެވެ. އޭނާ އަދި އަހަންނާ ދޭތެރޭ ވިސްނާނެއެވެ. އަހަރެން އޭނާދެކެ ލޯބިވާ މިންވަރު އޭނާއަށް އަދި ތަޞައްވުރު ކުރެވޭނެއެވެ.] ހިތަށް އަރަމުންދިޔަ މި ޚިޔާލީ ފޮލާ ނުނިމެނީސް ދޯނި މާލޭ ކަނޑިންމައިން އެތެރެއަށް ވަނެވެ.
[އަސްޢަދު އަދިވެސް ޢިޝްޤުގައިދޯ؟] ދޯނިން ފައިބަމުން ނިޔާޒް އަސްޢަދާ ދިމާކޮށްލިއެވެ. އަސްޢަދު ތެޅިގަތެވެ. އޭރު ދޯނީގައި ފަޅުވެރިންގެ އިތުރަށް ހުރީ އޭނާއެވެ. އެހެން ހުރިހާ މީހުންހެން އެމީހެއްގެ މަންޒިލަށް ދިޔުމަށްޓަކައި ޓެކްސީތަކުގައި ދަތުރު ފަށައިފިއެވެ. އޭރު މުޢާޒުމެންވެސް ވޭނަކަށް އަރަނީއެވެ. އަސްޢަދުވެސް އަވަސް އަވަހަށް ދޯނިން ފައިބައިގެން ގޮސް ވޭނަށް އަރައިފިއެވެ. އިއްތިފާޤުން އަސްޢަދަށް އިންނަން ޖެހުނީ ސުދާއާ އެއްޝީޓެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު