ށ. މިލަންދޫ ފަރަށް އެރި ޓަގު ބޯޓުގެ ވެރިފަރާތް، ސިންގަޕޫރުގެ ގްލޯހާ މެރިޓައިމް ޕްރައިވެޓް ލިމިޓެޑް ކުންފުނި 12,006,200.00 (ބާރަމިލިއަން ހަހާސް ދުއިސައްތަ) ދިވެހި ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ އެޓޯލް ނެވިގޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ އޭޖެންޓް ކަމުގެ ދަށުން ދިވެހިރާއްޖެ އައިސްފައިވާ، ރިޕަބްލިކް އޮފް ނިޔޫގައި ރަޖިސްޓަރކޮށްފައިވާ "ޝޭވް ލިން ޔޯން" ނަމަކަށް ކިޔާ ޓަގު، ށ. މިލަންދޫގެ ފަރަށް 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު އަރާފައިވާކަމަށެވެ.
މި އުޅަނދު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު ފަރުމަތިން ފުންކޮށް ނެގުމުގައި، ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 7 އަދި 8 ވަނަ ދުވަހު އެ އުޅަނދުގެ ވެރިފަރާތުން އައްޔަންކުރި ސަރވެޔަރުންނާއެކު އެ އުޅަނދު ފަރަށް އެރި ސަރަޙައްދުގައި ޖޮއިންޓް ސަރވޭއެއް ކުރިއަށް ގެންގޮސްފައި ވާކަމަށް އީއާރުއޭ އިން ވަނީ ބުނެފައެވެ.
އުޅަނދު ފަރަށް އެރި ސަރަޙައްދުގެ 477 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ފަރު ހަލާކުވެފައިވާކަމަ ސާރވޭއިން ފާހަގަވި ކަމަށް އެ އިދާރާއިން ހާމަކުރިއެވެ.
އެހެންވެ، އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދުގެ ދަށުން، 12,006,200.00ރ (ބާރަމިލިއަން ހަހާސް ދުއިސައްތަ ދިވެހި ރުފިޔާ) އިން ގްލޯހާ މެރިޓައިމް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށް، އެކަން އީއާރުއޭ އިން ވަނީ އެ ކުންފުންޏަށް އަންގާފައެވެ.
މި ޖޫރިމަނާގެ ފައިސާ، 2025 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އީއާރުއޭއަށް ދެއްކުމަށް ވެސް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު