އުމުރުން 10 އަހަރުގެ ކުއްޖަކަށް ގަދަކަމުން ސިނގިރޭޓު ބޯންދޭން އުޅުނު މައްސަލަ ޒިންމާަދާރު ކަމާއެކު ބެލުމަށް މަޖިލީހުގެ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒެއިނާ އާދަމް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީ އަށް ގޮވާލައިފިއެވެ.
މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ރޮޒެއިނާ ވަނީ، މ. މުލަކުގައި ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގަތިބި 17 އަހަރުގެ 2 ފިރިހެންކުދިން އެރަށު މިސްކިތައް ނަމާދަށް ދިޔަ 10 އަހަރުގެ ކުޑަ ފިރިހެންކުއްޖަކަށް އަނިޔާކޮށް ސިނގިރެޓުޖައްސާ ހަދައިގެން އެކުއްޖާގެ އާއިލާއިން މައްސަލަ ބަލާދިނުމަށް އެދުމުން، އަޅާނުލާ ތިބިކަން ޖެންޑަރ މިނިސްޓަރަށް އެނގިލައްވާތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.
"ހިޔާގަ ތިބޭ މި އުމުރުފުރައިގެ ކުދިން ބެލެހެއްޓުމަކީ އުނދަގޫކަމެއްކަން އަޅުގަނޑަށްވެސް އެނގޭ. އެހެންވީމަ އެތަނަށް ވަޒީފާއަށް ދާންވާނީ އެޒިންމާ އުފުލަންތައްޔާރައް ތިބޭ އެކަން ކުރުމުގެ ކޮމިޓްމަންޓް އޮތް ބައެއް." ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ ސިޔާސީ ގޮތުން ރަށުއެންމެންނަށް ވަޒީފާ ދޭތަނަކަށް އެތަން ހަދާފައިވާއިރު، އެތަނުގައި ތިބޭ ބޮޑެތި ކުދިން ރަށުތެރޭގަ އުޅޭ އެހެން ކުޑަކުދިންނަށް އަނިޔާކުރަމުން ދުވީމާ، އޭގެ ޒިންމާ ނަގަންޖެހޭނީ އެކުދިންނާ ހަވާލުވެގެން ތިބި މުއައްޒަފުން ކަމަށެވެ.
"މި އަނިޔާތައް ލިބުން 10 އަހަރުގެ ކުއްޖާއަށް މިދިމާވީ ކިހާވަރެއްގެ ބޮޑުކަމެއްކަން އިހުސާސްވެސްނުވާ މީހުން މިފަދަ މައްސަލަތައް ރިޕޯޓުކުރަން އޮންނަ ނަންބަރުން ފޯނަށް ޖަވާބުދޭން ބޭތިއްބީމަ އެމީހުން އެދޭ ތާކުންތާކު ނުޖެހޭ ޖަވާބުގެ ސަބަބުން ކަންބޮޑުވެގެން ގުޅާ ބެލެނިވެރިންނަށް ލިބެނީ އިތުރު ހާސްކަމާ ކަންބޮޑުވުން." ރޮޒެއިނާ ވިދާޅުވިއެވެ.
މިނިސްޓްރީން މި މައްސަލައިގައި ފަރުވާކުޑަކޮއްފައިވާކުރުން ކުށްވެރިކުރައްވަމުން ރޮޒެއިނާ ވަނީ މި މައްސަލަ މިހާރުން މިހާރަށް ޒިންމާދާރުކަމާއެކީ ބަލަން ގޮވާލާފައެވެ.
އަދި ޒިންމާވާން ޖެހޭ ބަޔަކު ޒިންމާދާރުކުރުވާ، އަނިޔާލިބުނު ކުއްޖާގެ ހާލުބަލައި އެކުއްޖާއަށް ދޭންޖެހޭ އެހީތެރިކަމެއް ދިނުމަށް މިނިސްޓަރ ޑރ. އައިޝަތު ޝިހާމަށް ރޮޒެއިނާ ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު