ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލައިގައި ހ. ލައިޓްނައިޓް، އިސްމާއިލް ޔާފިސް، 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި ހުކުމް އިއްވީ 2021 ވަނަ އަހަރު ސޯޝަލް މީޑިއާ ބޭނުންކޮށްގެން އޭނާ ރައީސް ނަޝީދަށް އިންޒާރުދީ، އަދި ފުލުހުންގެ ތަހުގީގާއި ޝަރީއަތުގައި ވެސް ރައީސް ނަޝީދަށް ހަމަލާތަކެއް ދޭނެ ކަމަށް ބުނެފައިވާ މައްސަލައެއްގައެވެ.
ޔާފިސްގެ މައްޗަށް ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އާއި، ޓެރަރިޒަމްގެ ހަމަލާއެއް ހިންގާނެކަމުގެ އިންޒާރު ދިނުމުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ދައުވާ ދަޢުލަތުން ކޮށްފައިވެއެވެ.
މި ތިން ދައުވާގެ ދަށުން އޭނާއަށް ވަނީ ދެ އަހަރާއި، ތިން އަހަރާއި، ފަސް އަހަރުގެ ހުކުމެއް ކަނޑައަޅައި، ޖުމްލަ 10 އަހަރުގެ ޖަލު ހުކުމެއް އައިސްފައެވެ.
ރައީސް މުހައްމަދު ނަޝީދަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލައިގައި ޔާފިސް 10 އަހަރަށް ޖަލަށް ލާފައިވާއިރު، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް 2021 ވަނަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެރޭ އައިއީޑީ އެއް ގޮއްވާލައިގެން ދިން ޓެރަރިސްޓް ހަމަލާގައި އައިއީޑީ ގޮއްވާލި އަހްމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު