ތ. ތިމަރަފުށީގައި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާ ގުޅުން އޮންނަ ސެލްއަކުން ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު މައްސަލައިގައި ދައުވާ ސާބިތުނުވި ތިން މީހެއްގެ މައްޗަށް މޮނިޓަރިންގ އެންޑް ކޮންޓްރޯލް (މޮނިކޮން) އަމުރު ހައިކޯޓުން ނެރެފިއެވެ.
މި އަމުރު ހައިކޯޓުން ނެރެފައިވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ އެދުމުގެ މަތިންނެވެ. މޮނިކޮން އަމުރު ނެރެފައިވާ ތިން މީހުންނަކީ ތިމަރަފުއްޓަށް ނިސްބަތްވާ ޢަބްދުﷲ ޝަރީފް، އަޙްސަން މުޙައްމަދު އަދި މުޙައްމަދު ޢާޞިރު އެވެ. މި މައްސަލައިގައި ކުށް ސާބިތުނުވި ހަތަރު މީހުންގެ ތެރޭގައި ހިމެނޭ ޝަމާހް ޝަރީފްގެ މައްޗަށް މޮނިކޮން އަމުރަކަށް އެދިފައެއް ނުވެއެވެ.
އައިއެސްގެ ސީދާ އިރުޝާދުގެ ދަށުން ތިމަރަފުށީ ސްކޫލްގެ ލެބޯޓްރީ ގޮއްވާލުމަށް އައިއީޑީއެއް (އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް) ތައްޔާރުކުރަން އުޅުނު ކަމުގެ ތުހުމަތުގައި، ދައުލަތުން އަށް މީހެއްގެ މައްޗަށް ހަތް ދައުވާއެއް އުފުލައި މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ 8 ފެބްރުވަރީ 2021 ގައެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން ހަތަރު މީހެއްގެ މައްޗަށް ކުށް ސާބިތުނުވި އިރު، ކުށް ސާބިތުވީ އަނެއް ހަތަރު މީހުންގެ މައްޗަށެވެ.
ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، މި ގްރޫޕުން ވަނީ ދަތުރުދިއުމުގެ ނަމުގައި ފަޅުރަށްރަށަށް ގޮސް ހަނގުރާމަވެރި ތަމްރީނުތަކާއި ޖިސްމާނީ ތަމްރީނުތައް ހަދައިފައެވެ. މީގެއިތުރުން ތިމަރަފުށީގެ އަމިއްލަ ގޭގޭގައާއި އޮންލައިންކޮށް ހައްދުފަހަނައެޅި ފިކުރު ފެތުރުމުގެ ކްލާސްތައް ހިންގުމާއި، ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރުން ފަދަ އަމަލުތައް ވެސް އެ މީހުން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބެލެވޭ ފަރާތްތައް މޮނިޓަރކޮށް، ދަތުރުފަތުރު ކޮންޓްރޯލްކޮށް، ފާރަލުމުގެ އަމުރަކަށް ހައިކޯޓުގައި އެދުމުގެ ބާރު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރަށް ލިބިދެއެވެ. ޝަރީއަތުގައި ކުށް ސާބިތުނުވި ނަމަވެސް، އާންމު ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިފަދަ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ގާނޫނު ފަހިކޮށްދެއެވެ.
ތިމަރަފުށީގައި އޮޕަރޭޓްކުރަމުންދިޔަ، އައިސިސް ޖަމާޢަތަށް ތާއީދުކުރާ ހަރުކަށި ފިކުރުގެ ސެލްއަކުން ދިވެހިރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރޭވިކަމަށް ތުހުމަތުކުރެވުނު މައްސަލާގައި ދަޢުވާލިބުނު މީހުންގެ ތެރެއިން ޢަލީ އަރުޙަމް މުޙައްމަދު ފިޔަވައި އެހެން އެންމެން މިހާރު ވަނީ ބަންދުން މިނިވަންވެފައެވެ.
މި މައްސަލައިގައި ކުށް ސާބިތުނުވި ހަތަރު މީހުންގެ ބައި މަތީ މަރުހަލާއެއްގެ ކޯޓެއްގައި އިސްތިއުނާފު ކުރުމާމެދު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އަދި ވަކި ގޮތެއް ނުނިންމައެވެ.

ކިޔުންތެރިންގެ ހިޔާލު