ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގެ މެދުގައި ހަދާފައިވާ ވަގުތީ މިސްކިތް ނަގައި، އެ ބިމަކީ ކުރިންވެސް ޕްލޭންކޮށްފައިވާ ގޮތަށް ހިޔާ ޕާކުގެ ބައެއްގެ ގޮތުގައި ތަރައްޤީކުރުމާ ގުޅޭގޮތުން އާންމުން ދެކޭގޮތް ބެލުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޚާއްޞަ އޮންލައިން ސާވޭއެއް ފަށައިފިއެވެ.
އެޗްޑީސީން ހިޔާ ފްލެޓްތަކުގެ ރައްޔިތުންނާ ޙިއްޞާކުރި މަޢުލޫމާތުގައި ބަޔާންކޮށްފައިވާ ގޮތުގައި، ހިޔާ ޓަވަރުތަކުގެ މެދުގައި ވަގުތީ މިސްކިތެއް އެންމެ ފުރަތަމަ ޤާއިމުކުރީ ދެވަނަ ފިޔަވަހީގައި އާބާދުވާން ފެށި ދުވަސްވަރު ދާއިމީ މިސްކިތްތައް މަދުވުމުގެ ސަބަބުން، އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ނަމާދުކުރުމުގައި ލުއިފަސޭހަ ކޮށްދިނުމުގެ މަޤްޞަދުގައެވެ.
ނަމަވެސް، މިހާރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެއްފަހަރާ ގިނަ ޢަދަދެއްގެ މީހުންނަށް ނަމާދުކުރެވޭނެ ފަދަ ޖާގަ ތަނަވަސް، ރީތި ދާއިމީ މިސްކިތްތައް ޢިމާރާތްކޮށް ބޭނުންކުރަން ފަށާފައިވާތީ، ވަގުތީ މިސްކިތް ހުރި ބިން އަސްލު ޕްލޭނާ އެއްގޮތަށް ޕާކަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް އެ ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.
އެޗްޑީސީން ކުރިއަށްގެންދާ މި ސާވޭގެ މައިގަނޑު ބޭނުމަކީ، މިހާރު އެ ވަގުތީ މިސްކިތް އާންމުން ބޭނުންކުރަމުންދާ މިންވަރާއި ގޮތް ދެނެގަތުމެވެ. މީގެއިތުރުން، އެ ބިމުގައި ތަރައްޤީކުރުމަށް ރޭވިފައިވާ ހިޔާ ޕާކުގެ ތަފްޞީލުތައް ހާމަކޮށް، އެކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަކީވެސް މި ސާވޭގެ މުހިންމު ބޭނުމެކެވެ.
މި ސާވޭއާ ގުޅޭގޮތުން އެޗްޑީސީން ޔަޤީންކަން ދީފައިވާ ގޮތުގައި، ސާވޭ ފޯމު ފުރާ އެއްވެސް ފަރާތެއްގެ ޒާތީ މަޢުލޫމާތެއް އެއްނުކުރާނެއެވެ. އަދި ސާވޭއިން ލިބޭ މަޢުލޫމާތުތައް ބޭނުންކުރާނީ ހަމައެކަނި މި ނިންމުމާމެދު ރައްޔިތުންގެ ޝުޢޫރުތަކާއި އިޙްސާސްތައް ދެނެގަތުމަށް ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު