ހުޅުމާލެ | ފޮޓޯ: އެޗްޑީސީ
ހުޅުމާލެ | ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގައި އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރަމުންދާއިރު ސަލާމަތީ މިންގަނޑުތަކާ އެއްގޮތަކަށް ކަންކަން އިސްލާހުކުރަން އެޗްޑީސީން އިލްތިމާސްކޮށްފިއެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭނީ 2019 ވަނަ އަހަރު ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެކުލަވާލައި ގެޒެޓްކޮށްފައިވާ "އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރާއިރު ގެންގުޅެން ޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވައިދު"އާ އެއްގޮތަށް ކަމަށެވެ.

އެހެންކަމުން ހުޅުމާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ އިރު އަލަށް މަސައްކަތް ފަށާ ހުރިހާ ފަރާތްތަކުން ވެސް އަންނަ މަހުގެ 10ގެ ނިޔަލަށް ގަވައިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަންކަން އިސްލާހުކުރުމަށް އެޗްޑީސީން ވަނީ އަންގައިފައެވެ.

"އަދި ދެންނެވުނު މުއްދަތަށް ފަހު ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށް ގެންދެވޭނީ ގަވައިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައި ސޭފްޓީ މިންގަނޑުތައް ފުރިހަމަކުުރުމަށް ފަހުވެސް ކަމުގައި މައުލޫމާތަށްޓަކައި ދެންނެވީމެވެ" އެޗްޑީސީގެ އިއުލާންގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް