ސިލޯންގެ މިހާރުގެ ޙާލަތު | ފޮޓޯ: މީސްމީޑިއާ
ސިލޯންގެ މިހާރުގެ ޙާލަތު | ފޮޓޯ: މީސްމީޑިއާ
ސްރީލަންކާއަށް ކުރިމަތިވެފައިވާ މޫސުމީ ކާރިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ރާއްޖޭގެ 37 މީޑިއާއެއް ގުޅިގެން ފެށި "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ޖުމްލަ 12 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

"ސިލޯނާއެކު ދިވެހީން" ޓެލެތޯން ފެށީ ނޮވެމްބަރު 30 ވަނަ ދުވަހުގެ ހެނދުނު 9:00 ގައެވެ. އަދި މި ޓެލެތޯން ނިންމާލީ އިއްޔެ މެންދުރު 2:00 ގައެވެ.

މި ޓެލެޓޯންގެ އޮފިޝިއަލް އޮޑިޓް ޕާޓްނާރ "ކްރޯ މޯލްޑިވްސް" އިން ބުނީ "ސިލޯނާއެކު ދިވެހިން" ޓެލެތޯން ފެށި ވަގުތުން ފެށިގެން، ޕަންޑު ރެއިޒިން ވަގުތު ހަމަވުމަށްފަހުވެސް ފަންޑު ފޮށިތަކަށް ލިބިފައިވާ ފައިސާ ގުނުމުގެ ހުރިހައި މަސައްކަތެއް ކޮށްފައިވަނީ ކްރޯ މޯލްޑިވްސް އިން ކަމަށެވެ.

މި ޓެލެތޯނަށް "އެގާރަ މިލިޔަން ފަސްލައްކަ ފަންސާސް ތިންހާސް ދުއިސައްތަ ނުވަދިހަ އެއްރުފިޔާ، ދިހަ ލާރި" އާއި، "ފަންސާސް އެއްހާސް އަށްޑިހަ އަށްޑޮލަރު، ތިރީސްއެއް ސެންޓް" އާއި، 20 ޔޫރޯ ލިބިފައިވެއެވެ.

"ސިލޯނާއެކު ދިވެހީން" ޓެލެތޯންގެ އިތުރުން ރާއްޖޭގެ ބައެއް މަޝްހޫރު ވިޔަފާރިތަކުންވެސް ވަނީ ރާއްޖޭގައި ހުންނަ ލަންކާ އެމްބަސީ މެދުވެރިކޮށް ގިނަ ޢަދަދެއްގެ ފައިސާ ލަންކާ ރައްޔިތުންނަށް ހަދިޔާ ކޮށްފައެވެ. އަދި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ލަންކާގައި ދިރިއުޅޭ ދިވެހިންގެ ފަރާތުން ޚާއްސަ ޑޮނޭޝަން ޕްރޮގުރާމެއް މިހާރު ވަނީ ފަށާފައެވެ.

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 334 މީހުން މަރުވެ، 400 އާ ގާތްކުރާ އަދަދެއްގެ ބަޔަކު ގެއްލިފައިވާއިރު، 3،000 ގެ ހަލާކުވެ، 18،000 އަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ވަނީ ބަދަލުކޮށްފައިކަމަށް އެޤައުމުގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް