ސަރުކާރުގެ އަމާޒަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތްކުރުން ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ކ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ކައުންސިލްތަކަށް އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ 'ކާފު ފޯރަމް 2025' ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ފެހި ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ހަދިޔާ ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުރިން ހިފެހެއްޓިފައިވާ އެތައް ބާރުތަކެއް ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލާފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ސަރުކާރުގެ އަމާޒަކީ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތް ކުރުންކަން ފާހަގަކުރަށްވަމުން މިނިސްޓަރ ވިދާޅުވީ އެމަސައްކަތްތަކުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ރަނގަޅުކުރާނީ ނިޒާމުގައި ތިބެގެން ކަމަށެވެ.
އަދި ރާއްޖޭގެ ހުރިހާ ރަށްތަކުގެ ކައުންސިލުތަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވި ބައްދަލުވުންތަކުގައި ވެސް ކައުންސިލުން ހުށަހަޅައި ގޮތްގޮތަށް ކަންކަން ގެންދަން، ރައީސް ވަރަށް ބޮޑަށް މަސައްކަތް ކުރަށްވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެ ކުރިން ތަޢުލީމީ ދާއިރާގައި ހޭދަކުރެއްވި ކާމިޔާބު ދުވަސްތައް ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ޙާޞިލްކުރަން އަބަދުވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އެލްޖީއޭގައި މިވަގުތު ތިއްބެވީ މިކަމުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅުންކަން ފާހަގަކުރަށްވަމުން މިނިސްޓަރ ވަނީ އެލްޖީއޭއާއެކު އަތުކުރި އޮޅާލައިގެން މަސައްކަތްކުރަން އަބަދުވެސް ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު