ސްކޫލެއްގެ ދަރިވަރުން، ފޮޓޯ: ޔުނިސެފްމޯލްޑިވްސް/ ޝާރީ
ސްކޫލެއްގެ ދަރިވަރުން، ފޮޓޯ: ޔުނިސެފްމޯލްޑިވްސް/ ޝާރީ
ސްކޫލުތަކުގެ އާ ޔުނީފޯމުގެ އުސޫލުގައި، ގްރޭޑް ހަތަރަކުން މަތީގެ އަންހެން ދަރިވަރުން، ހަރުވާޅުލާން ޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޔުނީފޯމު ވަކި ކުލަތަކެއްގައި އެއްގޮތްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައި، ޔުނީފޯމުތައް ހުންނާނެ ގޮތުގެ ކުރެހުން މިހާރު ސްކޫލުތަކަށް ވަނީ ފޮނުވާފައެވެ.

އެ ކުރެހުމުގައިވާ ގޮތުން ކީ ސްޓޭޖް-2 ނުވަތަ ގްރޭޑް ހަތަރަކުން މަތީގެ އަންހެން ދަރިވަރުންގެ ޔުނީފޯމުގައި ހަރުވާޅު ވަނީ ލާޒިމްކޮށްފައެވެ.

ބުރުގާ ނާޅާ ދަރިވަރުން ސްކާޓާއެކު ހަރުވާޅު ލާން ޖެހޭ އިރު، އެ ކުދިންގެ ގަމީހުގެ އަތްކުރުކޮށް ވެސް އަދި ދިގުކޮށް ވެސް ބެހެއްޓޭނެއެވެ. ނަމަވެސް ބުރުގާ އަޅާ ދަރިވަރުންނަށް ސްކާޓްލުމާއި ނުލުމުގެ އިހުތިޔާރު ވަނީ ދީފައެވެ.

ފިރިހެން ކުދިންގެ ޔުނީފޯމަށް ބަލާއިރު ކީ ސްޓޭޖް 3 އިން 5 ގެ ދަރިވަރުންނަާް ރަސްމީ ޔުނީފޯމާއެކު ޓައީ އެޅުމުގެ އިހުތިޔާރު އޮތީ ސްކޫލުތަކަށް ދޫކޮށްލާފައެވެ. އެހެންނަމަވެސް އެއަށްވުރެ މަތީގެ ދަރިވަރުން ޓައީ އެޅުން ލާޒިމެވެ.

ކުރެހުމުގައިވާ ގޮތުން ހުރިހާ ދަރިވަރުންގެވެސް ރަސްމީ ޔުނީފޯމުގެ ގަމީހުގެ ކުލަ އަކީ ހުދު، މަޑު ރަތް، އުޑުނޫ ނޫނީ ޓީލް ގްރީނެވެ. ހަރުވާޅާއި ސްކާޓް އަދި ސޯޓު ހުންނަން ޖެހޭނީ ކަޅު ކުލަ ނޫނީ ނޭވީ ބްލޫ ކުލައިގައި ކަމަށް ކުރެހުމުގައި ވެއެވެ.

2027 ވަނަ އަހަރުން ފެށިގެން އެ އުސޫލަށް އަމަލުކުރަން ނިންމާފައި ވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް