އެމްޓީސީސީ މާބޮޑަށްވެސް އަގުހެޔޮ ވެއްޖެ ޕްރޮމޯޝަންގެ ތެރެއިން
އެމްޓީސީސީ މާބޮޑަށްވެސް އަގުހެޔޮ ވެއްޖެ ޕްރޮމޯޝަންގެ ތެރެއިން
އެމްޓީސީސީން ވިއްކާ ޔަންމާ އަދި ސުޒުކީ އިންޖީނާއި ސްޓޮކް ބޭޑާ ބްރޭންޑުގެ ރެސިންގެ އަގުތައް ހެޔޮކޮށްފިއެވެ.

މިބަދަލު ގެނެސްފައިވަނީ މެރިން އިންޖީނާއި މަސްވެރިކަމާއި ގުޅުންހުރި އުފެއްދުންތަކުން ޑިއުޓީ މާފުކުރުމާއި ގުޅިގެން ކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއެވެ. މިބަދަލުގެ ދަށުން ސުޒުކީ އައުޓްބޯޑް އިންޖީނުތަކުން ބައިލައްކަ ރުފިޔާއާއި ހަމައަށް އަގު ހެޔޮވެގެން ދާނެއެވެ. އަދި ޔަންމާ އިންބޯޑް އިންޖީނު ތަކުން ވެސް ހަތްލައްކަ ރުފިޔާއާއި ހަމައަށް އަގުހެޔޮވެގެން ދާނެކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ މިދަނޑިވަޅުގައި ރައްޔިތުންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން އެކުންފުނިން ވިއްކާ އިންޖީނު އިންސްޓޯލްމަންޓަށް ނަގާއިރު ޑައުންޕޭމަންޓް ކުޑަކޮށްފައިވާ ކަމަށެވެ. އެގޮތުން ސުޒުކީ އިންޖީނު ގަންނަ ފަރާތްތަކަށް ޑައުންޕޭމެންޓް 40 އިންސައްތަ އިން 20 އިންސައްތަ އަށް ދަށްކޮށްފައިވާއިރު، ފައިސާ ދެއްކުން 12 މަހާއި ހަމައަށް ބަހާލެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން ޔަންމާ އިންޖީނު ޑައުންޕޭންމެންޓު 35 އިންސައްތަ އިން 20 އިންސައްތަ އަށް ދަށްކޮށްފައިވާއިރު، 36 މަހާއި ހަމައަށް ފައިސާ ދެއްކުން ބަހާލެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ.

ޔަންމާ އަދި ސުޒުކީ އިންޖީންތަކުގެ އިތުރުން އޮޑިދޯނި ފަހަރުގައި ބޭނުންކުރާ ސްކޮޓް ބޭޑާ ބްރޭންޑްގެ ރެސިންގެ އަގުތައްވެސް އެމްޓީސީސީން ވަނީ ހެޔޮކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން