ދިވެހިރާއްޖޭގެ ބާ ކައުންސިލުން މިދިޔަ އޮކްޓޫބަރު 11 ގައި ބޭއްވި ބާ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފިއެވެ.
ބާ ކައުންސިލުން މިއަދު ބުނީ، މި އިމްތިހާނުގައި ބައިވެރިވި 136 ކެންޑިޑޭޓުންގެ ތެރެއިން ގާނޫނީ ދާއިރާއަށް ވަނުމަށް ބޭނުންވާ މިންވަރަށް ފާސްވީ 47 ޕަސެންޓު ދަރިވަރުން ކަމަށެވެ.
މި އިމްތިހާނުން އެންމެ މަތީ ވަނަ ނުވަ ދަރިވަރަކު ހާސިލުކުރި އެވެ. ހަމައެއާއެކު އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ 81 އިންސައްތައަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްގެން މި އިމްތިހާނުގައި ބައިވެރިވެފައިވާ މީހުން ކަމަށާއި ބާކީ 19 އިންސައްތައަކީ ބޭރުގެ ޔުނިވަސިޓީތަކުން ތައުލީމު ހާސިލުކޮށްފައިވާ މީހުން ކަމަށް ބާ ކައުންސިލުން ބުނެފައިވެއެވެ.
ގާނޫނީ ހިދުމަތް ދިނުމުގެ ގާބިލުކަން ކަށަވަރުކުރުމަށް ބާއްވާ މި އިމްތިހާނުން، ކޮންޓްރެކްޓް ލޯ، ކްރިމިނަލް ލޯ، ލޭންޑް ލޯ، ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ، ޓޯޓް ލޯ އަދި ދިވެހި ލީގަލް ސިސްޓަމް ފަދަ ހަ ދާއިރާއަކުން ކެންޑިޑޭޓުންގެ އިލްމާއި ހުނަރު ވަޒަންކުރެއެވެ.
ބާ ކައުންސިލުންބުނީ މިއަހަރުގެ އިމްތިހާނަކީ އިންޓަނޭޝަނަލް ޓެސްޓިން ކޮލިޓީ ސްޓޭންޑަޑުތަކަށް ފެތޭ އިމްތިހާނަކަށް ހެދުމަށްޓަކައި ގިނަ ފަރާތްތަކުގެ ފަންނީ އެހީތެރިކަން ލިބިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު