ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ ޔުނިފޯމަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމާ، އެކަމުގެ އުސޫލު އާންމުކުރުމާ ގުޅިގެން އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު، ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.
ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ ޔުނިފޯމަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމައި، އެކަމުގެ އުސޫލު އާންމުކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު، ވިދާޅުވީ މިބަދަލުގެ ސަބަބުން ދިވެހި އާޢިލާތަކަށް އިތުރު މާލީ ބުރައެއްއުފުލަންޖެހޭނެކަމަށާއި، އެކަން ނިންމާފައިވަނީ ބެލެނިވެރިންނާއި މަޝްވަރާ ނުކޮށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވީ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ދިވެހި އާޢިލާތަކަށް މާލީގޮތުން ނިކަމެތިކަން ލިބިފައިވާ ވަގުތެއްގައި، އިތުރު ޚަރަދުތަކެއް ކޮށް ޔުނިފޯމު ބަދަލުކުރަން ޖެހޭގޮތަށް ސަރުކާރު ސްކޫލްތަކުގެ ޔުނިފޯމާބެހޭ އުޞޫލު އެކުލަވާލާފައިވުމުން ކަންބޮޑުވާކަމަށެވެ. އަދި މިބަދަލުގެނައުމުގައި ބެލެނިވެރިންގެ ޚިޔާލާ މަޝްވަރާ ފުޅާދާއިރާއެއްގައި ހޯދާފައިނުވާކަން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.
މިބަދަލާބެހޭ އެކަށީގެންވާ މަޢުލޫމާތު ރަސްމީޙައިސިއްޔަތުން ބެލެނިވެރިންނާ ޙިއްސާކުރަމުން ނުދާތީ، ބެލެނިވެރިންގެ މެދުގައި ނުތަނަވަސްކަމެއް އުފެދިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މިކަމާގުޅިގެން މިނިސްޓްރީގެ އިސްފަރާތްތަކުން ދައްކަވާފައިވާ ވާހަކަތަކުގައި އޮޅުންއަރާގިނަ ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރެވޭތީ، މިކަމުގައި ސާފު މަޤުޞަދެއް އޮތްކަމަށް ޤަބޫލުކުރަން ދަތި ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވަނީ، މިނިސްޓްރީން ނިންމާ މިފަދަ ކަންކަމުގެ މަޢުލޫމާތު ފޮރުވުމެއް ނެތި ޢާންމުކޮށް ހާމަކުރަމުން ގެންދިޔުމަށް ގޮވާލައްވާފައެވެ.
އާއުސޫލުގެ ދަށުން ގްރޭޑް ނުވައަކުން މަތީގެ ފިރިހެން ދަރިވަރުންނަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަ ލިބޭއިރު، ގްރޭޑް ހަތަރަކުން މަތީގެ އަންހެން ދަރިވަރުން ސްކާޓާއެކު ހަރުވާޅުލުން ލާޒިމްކޮށްފައިވެއެވެ. ނަމަވެސް ބުރުގާ އަޅާ ދަރިވަރުންނަށް ސްކާޓްލުމާއި ނުލުމުގެ އިހްތިޔާރު ވަނީ ދީފައެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޔުނިފޯމް ވަކި ކުލަތަކެއްގައި އެއްގޮތްކުރުމަށް މިނިސްޓްރީން ނިންމާފައިވާއިރު، ގަމީސްތައް ހުންނާނީ ހުދު، މަޑު ރަތް، އުޑުނޫ ނޫނީ ޓީލް ގްރީން ކުލައިގައެވެ. ހަރުވާޅާއި ސްކާޓް އަދި ސޯޓު ހުންނަން ޖެހޭނީ ކަޅު ކުލަ ނޫނީ ނޭވީ ބްލޫ ކުލައިގައެވެ.

ކިޔުންތެރިންގެ ހިޔާލު