މަސްވެެރި ސިނާއަތް ދެމެހެއްޓުމަށްޓަކައި، މަސްވެރިން ބާނާ މަހުގެ އަގުމަތިކުރަން ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ގޮވާލައްވައިފިއެވެ.
ޑރ. ޝަމްހީދު މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެެވެ.
އެގޮތުން ޑރ. ޝަމްހީދު ވިދާޅުވީ، ދިވެހި މަސްވެރިކަމަކީ ދިވެހި ރާއްޖޭގެ ގައުމީ ސަލާމަތާއި، ފުޑު ސެކުރިޓީ އާއި ގުޅިފައިވާ ސިނާއަތެއް ކަމަށެވެ. އަދި މަސްވެެރި ސިނާއަތް ދެމެހެއްޓުމަށްޓަކައި މަސްވެރިން ބާނާ މަހުގެ އަގުމަތިކުރަން ޑރ. ޝަމްހީދުވަނީ ގޮވާލައްވާފައެވެ.
"މަސްވެރިންނަށް އައްސަރިބަހާއި ސާބަސް." ޑރ. ޝަމްހީދު ވިދާޅުވެފައިވެއެވެ.
ޑރ. ޝަމްހީދު މިހެން ވިދާޅުވެފައިވާއިރު ސަރުކާރުގެ މެނިފެސްޓޯގައި އޮތް ގޮތަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އާއި 100 ރުފިޔާ އާ ދެމެދު ކަމަށް ކަނޑައެޅުމާއި، ބޭސް ރޭޓުގައި މަސްވެރިންނަށް ތެލާއި އައިސް ލިބޭނެ ގޮތް ހަދައިދިނުމަށް އެދި މަސްވެރިން ވަނީ އިޙްތިޖާޖު ކޮށްފައެވެ.
ކޮންމެ އަހަރެއްގެ ޑިސެމްބަރު 10 ވަނަ ދުވަހަކީ މަސްވެރިންގެ ދުވަސް ކަމުގައިވާއިރު، މި ދުވަސް ފާހަގަކުރުމަށްޓަކައި ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު