ސަރުކާރުން ގޮތްދޫކޮށް ރައްޔިތުންނާ ގުޅިފައިވާ ކުދިކުދި އަދި ޒަރޫރީ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ގޮވާލައްވައިފިއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، ބޮޑެތި ބްރިޖްތައް ނޭޅުނު ކަމުގައި ވިޔަސް، ރައްޔިތުންގެ ޒަރޫރީ އަދި ކުދިކުދި މައްސަލަތަކަށް ސަރުކާރުން ހައްލު ހޯދައިދީފިނަމަ، ރައްޔިތުންގެ ފަރާތުން ސަރުކާރަށް ބޮޑު ތާއީދަކާއި އެއްބާރުލުމެއް ލިބިގެންދާނެ ކަމަށެވެ. އަދި ކުންފުނިތަކަށާއި އެހެނިހެން ކަންކަމަށް ކޮންމެ އަހަރަކު ބިލިއަނުން ފައިސާ ހަރަދުކުރަމުންދާއިރު، ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ހިދުމަތްތައް ނުލިބި ދަތިތަކާ ކުރިމަތިލާން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުން އަލަށް އުފައްދާފައިވާ ކުންފުނިތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ، ސަރުކާރުން މިހާތަނަށް އިތުރު ނުވަ ކުންފުންޏެއް އަލަށް އުފައްދާފައިވާ ކަމަށެވެ. މީގެ ތެރޭގައި ރައްޔިތުންނަށް ރިސޯޓު ހިއްސާ ދިނުމަށް އުފެއްދި ކުންފުންޏަކާއި، ބޭހުގެ މައްސަލަ ހައްލުކުރުމަށް އުފެއްދި 'ސްޓޭޓް ފާމާ' ހިމެނޭއިރު، ބޭހުގެ ދަތިކަން ހައްލުކުރުމުގެ ނަމުގައި އެ ކުންފުނި އުފެއްދި ފަހުން ބޭހުގެ މައްސަލަ ހައްލުވުމުގެ ބަދަލުގައި، ހާލަތު ކުރިއަށްވުރެ މާ ބޮޑަށް ދަށަށް ގޮސް އެތައް ގުނައަކަށް ގޯސްވެފައިވާކަންް ޝަމްހީދު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކަންކަން އެންމެ ފުރިހަމައަށް ކުރެވޭނީ މާލީ ގާބިލުކަމާއި ތަޖުރިބާ ލިބިފައިވާ އެސްޓީއޯއަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ދައުލަތުގެ ބަޖެޓާއި ސަބްސިޑީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މެންބަރު ވިދާޅުވީ، މި ސަރުކާރުން ހުށަހެޅި ފުރަތަމަ ބަޖެޓަކީ ސަބްސިޑީއާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމްކުރުމަށް ވަރަށް ރަނގަޅު ޕްލޭންތަކަކާއެކު ފާސްކުރި ބަޖެޓެއް ކަމަށެވެ. ހާއްސަކޮށް، އެންމެ ބޮޑު ހޭދައެއް ކުރަންޖެހޭ ޑައިރެކްޓް ސަބްސިޑީގެ ގޮތުގައި އާންމު ރައްޔިތުންގެ އެކައުންޓަށް ކޮންމެ މަހަކު އެތައް ހާސް ރުފިޔާއެއް ޖަމާވާނެ އިންތިޒާމު ހަމަޖައްސަން 900 އެތައް މިލިއަން ރުފިޔާއެއް ބަޖެޓުގައި ހިމެނި ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އަހަރު ނިމިގެންދިޔައިރު އެ ބަޖެޓަށް ވީގޮތެއް ނޭނގި، ސަބްސިޑީ ރިފޯމް ނުކުރެވުނު ތަނުގައި، މި އަހަރު ސަބްސިޑީގެ ހަރަދު ވަނީ ގާތްގަނޑަކަށް ތިން ގުނައަށް އިތުރުވެފައި ކަމަށް ވިދާޅުވެ ޑރ. ޝަމްހީދު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު