ސްކޫލެއްގެ ދަރިވަރުން ކިޔަވަނީ-
ސްކޫލެއްގެ ދަރިވަރުން ކިޔަވަނީ-
ޓީޗަރުންނަށް އަނިޔާކޮށް، ކްލާސްތެރޭ ސަކަރާތް ޖަހާ ދަރިވަރުން ސަސްޕެންޑް ކުރަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އައްޑޫ ހައި ސްކޫލުގައި ޓީޗަރަކާއި ދަރިވަރެއްގެ ދެމެދުގައި ހިނގި މާރާމާރީގެ ވީޑިއޯ އާންމުވުމާއެކު މިނިސްޓްރީން ޓީޗަރު ސަސްޕެންޑްކޮށް މައްސަލަ ޕޮލިހަށް ހުށަހެޅިއެވެ. އެ ވީޑިއޯތަކުން އެ ދަރިވަރު ޓީޗަރަށް ގަނާކޮށް، ޓީޗަރުގެ ގައިގައި ތަޅާ މަންޒަރުވެސް ފެންނައިރު، ދަރިވަރަށް ފިޔަވަޅު ނާޅައިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، މިނިސްޓްރީން އިއްޔެ ވަނީ ދަރިވަރަށް ފިޔަވަޅު އަޅާފައެވެ. އެގޮތުން އަހުލާގު ކިޔަވައިދޭ ޕްރޮގްރާމެއްގައި ބައިވެރިކޮށް އެ ޕްރޮގްރާމް ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑްކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ އެފަދަ އަހުލާގީ މައްސަލަތަކުގައި މީގެ ކުރިން ދަރިވަރުން ސަސްޕެންޑްކުރަމުން އައި ނަމަވެސް އެކަން އޮތީ ހުއްޓާލާފައި ކަމަށެވެ. އެކަމަކު ޓީޗަރުންގެ ގަޔަށް އަތްލައި ކްލާސްތެރޭގައި އެފަދަ ގޮތަށް އުޅޭ ނަމަ ދަރިވަރުން ސަސްޕެންޑްކުރަން މިހާރު ނިންމާފައި ވާކަމަށް މިނިސްޓްރީން ހާމަކުރިއެވެ.

ސްކޫލުތަކުގައި ގޯސްކޮށް އުޅޭ ކުދިންނާއި އަހުލާގީގޮތުން ދަށް ކުދިން އިސްލާހު ކުރުމަށް ސަސްޕެންޑް ކުރުމުގެ ބާރު ކުރިން ޓީޗަރަށް ވެސް ދީފައި އޮވެއެވެ.



ކިޔުންތެރިންގެ ހިޔާލު