ވެމްކޯގެ ގއ. ދިޔަދޫ ސައިޓުގައި މަސައްކަތްކުރާ މުވައްޒަފަކަށް ޑީސަލް ބޮވި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވެމްކޯގެ މުވައްޒަފަކު ޑީސަލް ހަމަކުން ޑީސަލް ނަގަން، އެއަށް ހޮޅިއެއްލައި އަނގަޖަހައި ދަމާލި ވަގުތު ޑީސަލް ބޮވި ފުއްޕާމެޔަށް ޑީސަލް އެޅިގެން ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ޑީސަލް ބޮވި، ފުއްޕާމެއަށް ދިޔުމުގެ ސަބަބުން ނޭވާލުމަށް ދަތިވެގެން އެންމެ ފުރަތަމަ އޭނާއަށް ފަރުވާ ދެމުން އައީ ގއ. ވިލިނގިލި ހޮސްޕިޓަލުގަ އެވެ. ނަމަވެސް އިތުރު ފަރުވާއަށް މާލެ ގެނެސް މިހާރު އެ މުވައްޒަފު އޮތީ އައިޖީއެމްއެޗުގައެވެ.
އެނގިފައިވާ ގޮތުގައި މި ވަގުތު އޭނާ އޮތީ ވެންޓިލޭޓަރުގައެވެ. ނަމަވެސް ހާލު މިހާރު ސްޓޭބަލްކަމަށްވެއެވެ.
ވެމްކޯގެ މުވައްޒަފަކަށް މިފަދަ ޙާލަތެއް މެދުވެރިވެފައިވާއިރު، ދާދިފަހުން ސްޓެލްކޯގެ މުވައްޒަފު ވަނީ ވަޒީފާގެ މާޙައުލުގައި ދިމާވި ހާދިސާއެއްގެ ސަބަބުން ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު