މާލެ އަތޮޅުގައި ހިންގާ ފަޅު ހިއްކުމާއި ފުންކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ދޫކޮށްފައިވާ ހުއްދައާ ހިލާފަށް އެ މަސައްކަތްކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރުމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން ބުނެފިއެވެ.
އީއާރްއޭއިން ނެރުނު ބަޔާނެއްގައި ބުނީ އެ އޮތޯރިޓީގެ ހުއްދަ ލިބިގެން މާލެ އަތޮޅުގައި ހިންގާ ފަޅު ހިއްކުމާއި ފުންކުރުމުގެ މަޝްރޫއުތަކާ ގުޅިގެން ގިނަ އަދަދެއްގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.
އެގޮތުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެއް ނެތި މަސައްކަތް ކުރުމާއި ވެލި ނެގުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކުގެ ބޭރުން ވެލި ނެގުމާއި މޫސުން ގޯސްވެ، މޫސުމާ ބެހޭ އިދާރާ އިން ޔެލޯ އެލާޓް ނެރެފައިވާ ދުވަސްތަކުގައި ވެސް މަސައްކަތް ކުރަމުން ދިއުން ފަދަ ޝަކުވާތައް އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށް ވަނީ އީއާރްއޭ އިން ވަނީ ބުނެފައެވެ.
އެ ޝަކުވާތަކާ ގުޅިގެން އެ ކަންކަން ބަލައި މަޝްރޫއުތައް މޮނިޓާ ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީން ހާމަކުރިއެވެ. އަދި ހުއްދަތަކާ ހިލާފަށް މަސައްކަތްކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އީއާރްއޭން ވަނީ ބުނެފައެވެ.
މަޝްރޫއުތައް ހިންގާ ފަރާތްތަކުން އެ އޮތޯރިޓީން ފާސްކޮށްފައިވާ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) އާއި ދޫކޮށްފައިވާ އެހެން ހުއްދަތަކާ އެއްގޮތަށް މަސައްކަތްކުރުމަށް އީއާރްއޭން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު