ތ. ހިރިލަންދޫގެ ކުރީގެ ޕީޕީއެމްގެ ސަރުކާރު ގެންނަން ވަރަށް ބުރަކޮށް މަސަކަތް ކުރި ޕީޕީއެމްގެ ކުރީގެ މެންބަރަކު ރައީސް ސޯލިހާއި ބައްދަލުކޮށް އޭނާގެ އުދާސްތައް ހިއްސާކޮށްފިއެވެ.

ތ. ހިރިލަންދޫ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިހާރު ވަނީ މާލެ ވަޑައިގެންފައެވެ. ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނުގެ އަރިހަށް ޒިޔާރަތް ކުރި އެމީހާ ބުނީ ތިމަންނަ މިހާރު މިހުރީ އެމްޑީޕީއާއި އެކު މައްސަކަތް ކުރަން ތައްޔާރަށް ކަމަށެވެ.

"އަޅުގަނޑު ދެންނެވިން ކިހިނެއްތޯއޭ ވީ ތި ބަދަލުވީ, ވިދާޅުވީ ސަރުކާރަށް އެއްވެސް ކަމެއް ނުވާވާހަކަ, ބޭނުންވި މިސްރާބަކަށް ނޫނޭ ސަރުކާރުގެ ކަންކަން ދަނީ, ދޮގުހަދަނީއޭ، ދައްކާ ވާހަކައަކާއި އަމަލަކާ ދިމައެއް ނުވެޔޭ, ރައްޔިތުން ދުވަހަކަށް ވުރެ ދުވަހެއް ނިކަމެތި ވަމުންނޭ ދަނީ," ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑޮލަރު ލިބޭ މީހުން ފެލާލާފައި ސަރުކާރުން ޑޮލަރު ނަގާ ކަމަށް އޭނާ ބުނި ކަމަށެވެ.

"ޑޮލަރު ފެލާލައިފައި ސަރުކާރަށް ނަގާއިރު އޭގެ ރާހަތެއް ތިމަންނަމެންނަކަށް ނުކުރެއޭ, އޭނާ އިތުރަށް ވިދާޅުވީ މި ސަރުކާރުން އިތުރަށް ކުރާ ކަމަކީ ގާނޫން އިސްލާހު ކުރުން." އޭނާއާއި ހަވާލާދީ ރައީސް ސާލިހު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު