މަރްޔަމް ނަހްދާ ވަޙީދު   27 ޑިސެމްބަރު 2025 - 7:9
ހަމަލާގެ ސަބަބުން މިސްކިތް ވީރާނާ ވެފައި-
ހަމަލާގެ ސަބަބުން މިސްކިތް ވީރާނާ ވެފައި-
ސީރިއާގެ ޙުމްސް ސިޓީގައި ހުންނަ އިމާމް އަލީ ބިން އަބީ ތާލިބް މިސްކިތުގެ ތެރޭގައި ހުކުރު ނަމާދު ވަގުތު ދިން ބޮމުގެ ހަމަލާއެއްގައި އަށް މީހުން މަރުވެ، 21 މީހުން ޒަޚަމްވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ހަމަލާ ދީފައިވަނީ އަލަވީ މަޒުހަބުގެ މީހުން ގިނައިން ދިރިއުޅޭ ސަރަޙައްދެއްގައި ހުންނަ މިސްކިތެއްގައެވެ. އެއީ ސީރިއާގައި ބައި މަދު އަދި ކުރިން ވެރިކަން ކުރި ސުލައިމާނުލް ވަޙުޝްގެ އާއިލާ ނިސްބަތްވާ މަޒުހަބެވެ.

މި ހަމަލާ ދީފައިވަނީ މިސްކިތުގެ ތެރޭގައި ގޮވާތަކެތި ހަރުކޮށްގެން ކަމަށް އެގައުމުގެ ތަހުގީގު އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ސީރިއާގެ އިދާރާތަކުން މިހާރު ވަނީ މި ހަމަލާ ދިން މީހުން ހޯދުމުގެ މަސައްކަތް ފަށާފައެވެ. އަދި ހަމަލާ ދިން ސަރަޙައްދު ބަންދުކޮށް، ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.

މި ހަމަލާ ކުށްވެރިކުރަމުން ސީރިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިއީ އެގައުމުގެ ހަމަޖެހުން ނަގާލުމަށް ދީފައިވާ ހަމަލާއެއް ކަމަށާއި، މިކަމުގައި ޒިންމާވާ ފަރާތްތަކަށް ހައްގު އަދަބު ދޭނެ ކަމަށެވެ.

މި ހަމަލާ ދީފައިވަނީ ސީރިއާގެ އެކި ސަރަޙައްދުތަކުގައި މަޒްހަބީ ފިތުނަވެރިކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު