މަރްޔަމް ނަހްދާ ވަޙީދު   31 ޑިސެމްބަރު 2025 - 5:10
ޔޫކްރެއިންގެ ރައީސް-
ޔޫކްރެއިންގެ ރައީސް-
ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންގެ ގެއަށް ހަމަލާ ނުދޭ ކަމަށް ޔޫކްރެއިނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޒެލެންސްކީ މިހެން ވިދާޅުވެފައި މިވަނީ ޕުޓިންގެ ގެއަކަށް ޔޫކްރެއިނުން ޑްރޯން ހަމަލާއެއް ދިން ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގޭ ލަވްރޮވް ބުނުމުން އެކަން ދޮގު ކުރައްވަމުންނެވެ.

ރަޝިއާއިން ބުނެފައިވަނީ ޔޫކްރެއިންގެ އެ ހަމަލާގެ ސަބަބުން ސުލްހައިގެ މަޝްވަރާތަކައިގެން ކުރިއަށްދާނެ ގޮތާ ބެހޭ ގޮތުން އަލުން ވިސްނަން ޖެހޭ ކަމަށެވެ.

މިކަމާ ގުޅިގެން ޒެލެންސްކީ ވިދާޅުވީ ޕުޓިންގެ ގެއަށް ޔޫކްރެއިނުން ހަމަލާ ދިނީ ކަމަށް ބުނެ ރަޝިޔާއިން ދޮގު ހަދަނީ ކަމަށެވެ.

އަދި މިއީ ސުލްހައިގެ އެއްބަސްވުމާ ދުރުވެވޭތޯ ރަޝިޔާއިން ގަސްތުގައި ކުރި ކަމެއް ކަމަށް ވެސް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު