ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އަސްކަރީ ގިލަފަތި، އަލް-ގައްސާމް ބްރިގޭޑްސްގެ ތަރުޖަމާާނު އަބޫ އުބައިދާއާއި، އެ ޖަމާއަތުގެ ގާޒާގެ ކުރީގެ ލީޑަރު މުހައްމަދު ސިންވާރު އަވަހާރަވެފައިވާކަން އެ ޖަމާއަތުން ރަސްމީކޮށް ކަށަވަރުކޮށްދީފިއެވެ.
މިދިޔަ ހޯމަ ދުވަހު އާންމުކުރި ވީޑިއޯ ބަޔާނެއްގައި ގައްސާމް ބްރިގޭޑްސްއިން ވަނީ، ގިނަ ދުވަސްތަކެއް ވަންދެން އެ ޖަމާއަތުގެ މޫނުމަތީގެ ގޮތުގައި ފެނިގެންދިޔަ ތަރުޖަމާނު އަބޫ އުބައިދާގެ އަސްލު ނަމަކީ ހުޒައިފާ ސަމީރު އަބްދުﷲ އަލް-ކަހްލޫތުކަން ފުރަތަމަ ފަހަރަށް ހާމަކޮށްފައެވެ. އަދި އޭނާގެ ބަދަލުގައި މޫނު ނިވާކޮށްގެން ހުރި އާ ތަރުޖަމާނަކު މިހާރު ވަނީ އައްޔަންކޮށްފައެވެ.
އިސްރާއީލްގެ އަސްކަރިއްޔާއިން މިއަހަރުގެ މޭ މަހު މުހައްމަދު ސިންވާރު އަވަހާރަކޮށްލެވިފައިވާ ކަމަށް ބުނެފައިވާއިރު، އޭގެ ތިން މަސް ފަހުން އަބޫ އުބައިދާ ވެސް އަވަހާރަވެފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. އަބޫ އުބައިދާ އަކީ ހަނގުރާމައިގެ މައިދާނުގެ ހަބަރުތަކާއި، ހަމަލާ ބަދަލުކުރުން ހުއްޓާލުމާ ގުޅޭ ކަންކަމުގައި ހަމާސްގެ އަޑު ދުނިޔެއަށް އިއްވައިދިން މުހިންމު ޝަހުސިއްޔަތެކެވެ.
އޭނާގެ އެންމެ ފަހުގެ ބަޔާނެއް ފެނިފައިވަނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު، ގާޒާ ސިޓީއަށް އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދޭން ފެށި ދުވަސްވަރުއެވެ.
މީގެ އިތުރުން، ގައްސާމް ބްރިގޭޑްސްގެ އިސް ބައެއް ކޮމާންޑަރުން ކަމަށްވާ ރަފަހް ބްރިގޭޑްގެ ވެރިޔާ މުހައްމަދު ޝަބާނާއާއި، ހަކަމް އަލް-އީސާގެ އިތުރުން ރާއިދު ސައުދު ވެސް މި ހަނގުރާމައިގައި ޝަހީދުވެފައިވާކަން އެ ޖަމާއަތުން ވަނީ ކަށަވަރުކޮށްދީފައެވެ. މި ހަބަރާއެކު ހަމާސްގެ މީޑިއާ ސްޓްރެޓެޖީއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު