ސިވިލް ސާވިސްގެ އަންހެން މުވައްޒަފުން އިސްތަށިގަނޑުގައި ކަޅުކުލަ ނޫން ކުލައެއް ޖެއްސުން މަނާ ކޮށްފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން ދިވެހި ސިވިލް ސާވިސްގެ ގަވާއިދު އިސްލާހުކޮށް އިއްޔެ ގެޒެޓުގައި އާންމުކޮށްފައި މިވަނީ، ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ އަހުލާގީ މިންގަނޑު ދަށްކަން ފާހަގަކުރައްވައި، އެ އުސޫލު ބަދަލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ލަފާ އެރުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ޤަވާއިދަށް ގެނައި އިސްލާހުގައި އަންހެން މުވައްޒަފުންގެ އިސްތަށިގަނޑާ ގުޅޭގޮތުން ބުނެފައިވަނީ، އިސްތަށިގަނޑު ހުންނަންވާނީ ރީތިކޮށް ކަމަށާއި، އިސްތަށިގަނޑު ކަޅުކުރުން ފިޔަވައ،ި ފާޅުކަން ބޮޑު ކުލައެއް ޖެއްސުމަކީ ނުވަތަ ކުލައިން ޝޭޑްކޮށް ހައިލައިޓް ކުރުމަކީ މަނާ ކަމެއް ކަމަށެވެ.
ނަމަވެސް އަންހެން މުވައްޒަފުން ޒީނަތްތެރިވުމުގެ ގޮތުން ގަހަނާ އެޅުމާއި މޭކަޕް ކުރުމަކީ ހުއްދަކަމެއް ކަމަށް ގަވައިދުގައިވަނީ ބުނެފައެވެ. އަދި ފިރިހެން މުވައްޒަފުން ފާޅުކަންބޮޑު މޭކަޕެއް އަދި އަނގޮޓި ފިޔަވައި ގަހަނާއެއް ބޭނުން ކުރުމަކީ ހުއްދަ ކަމެއް ނޫންކަމަށް އިސްލާޙުގައިވެއެވެ.
ގަވާއިދަށް ގެނައި އިސްލާހުގައި އަންހެން މުވައްޒަފުންގެ އިސްތަށިގަނޑު ހުންނަންވީ ގޮތުގެ ތަފްސީލް ދީފައިވާއިރު، ފިރިހެން މުވައްޒަފުންގެ އިސްތަށިގަނޑު ބަހައްޓަންވީ ގޮތް ހިމަނާފައި ނެތެވެ.
އަދި އަންހެން މުވައްޒަފުން ކޮންމެ ބާވަތެއްގެ ހެދުމެއް ލީނަމަވެސް ކަރު ހުންނަންވާނީ، މުޖުތަމަޢުގެ އަދަބާ ޚިލާފުނުވާގޮތަށް ކަރުވަޅު ނިވައިވާ ގޮތަށް ކަމަށާއި، ހެދުމުގެ ދިގުމިން ހުންނަންވާނީ، ފޫކޮޅު ނިވާވާ ގޮތަށް ފަލަމަސްގަނޑަށް ވުރެ 2 އިންޗިއަށް ވުރެ ކުރުނުވާ ވަރަށް ކަމަށް ޤަވާއިދުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު