މިއަދު ހެނދުނު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވެނެޒުއޭލާގެ އާ ލީޑަރު ޑެލްސީ ރޮޑްރިގޭޒްއަށް ނުސީދާ އިންޒާރެއް ދެއްވާފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ރޮޑްރިގޭޒް ރަނގަޅު ގޮތުގައި ކަންކަން ނުކުރައްވައިފިނަމަ، މިހާރު ނިއުޔޯކުގެ ޖަލެއްގައި ހުރި ނިކޮލަސް މަޑޫރޯއަށްވުރެވެސް ބޮޑު އަގަކުން އޭނާއަށް ބަދަލު ދައްކަން ޖެހިދާނެއެވެ. މަޑޫރޯ ހައްޔަރުކުރުމަށް އެމެރިކާއިން ހިންގި އަސްކަރީ އޮޕަރޭޝަނާ ދެކޮޅަށް ރޮޑްރިގޭޒް ދައްކަވާ ވާހަކަތަކަށް ކެތްނުކުރައްވާނެ ކަމަށް ޓްރަމްޕް ވަނީ ސާފުކޮށް ވިދާޅުވެފައެވެ.
ވެސްޓް ޕާމް ބީޗްގައި ހުންނަވާ ޓްރަމްޕް ދެއްވި މި އިންޓަވިއުގައި، ވެނެޒުއޭލާއަކީ އެމެރިކާއިން އަސްކަރީ ގޮތުން ވަންނަ ފަހު ގައުމަށް ނުވެދާނެ ކަމުގެ އިޝާރާތެއްވެސް ވަނީ ދެއްވާފައެވެ.
އެގޮތުން ގްރީންލޭންޑަކީ ރަޝިޔާއާއި ޗައިނާގެ އުޅަނދުތަކުން ވަށާލެވިފައިވާ ތަނެއް ކަމަށް ސިފަކުރައްވައި، ޓްރަމްޕް ވިދާޅުވީ އެ ރަށް އެމެރިކާއަށް ބޭނުންވާ ކަމަށެވެ. އަދި ވެނެޒުއޭލާގެ ވެރިކަން ބަދަލުކޮށް ގައުމު އަލުން ބިނާކުރުމަކީ މިހާރު އޮތް ހާލަތަށްވުރެ މާ ރަނގަޅު ގޮތެއް ކަމަށް ވިދާޅުވެ، ކުރިން މިފަދަ ކަންކަމާ ދެކޮޅަށް ގެންގުޅުއްވި ސިޔާސަތު މިހާރުވަނީ ބަދަލުވެފައިވާކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
މީގެ އިތުރުން، އެމެރިކާގެ އަސްކަރިއްޔާއިން ކަރަކަސްއަށް ހަމަލާދީ މަޑޫރޯއާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކުރުމަށްފަހު، ރޮޑްރިގޭޒްއާ ގުޅޭގޮތުން ޓްރަމްޕް އިއްޔެ ދެއްކެވި ޕޮޒިޓިވް ވާހަކަތަކާ މިއަދުގެ އިންޒާރު ވަނީ ވަރަށް ބޮޑަށް ފުށުއަރާފައެވެ. އިއްޔެ ޓްރަމްޕް ވިދާޅުވީ ވެނެޒުއޭލާ އަލުން އާރާސްތުކުރުމަށް އެމެރިކާއަށް އެއްބާރުލުން ދޭން ރޮޑްރިގޭޒް ތައްޔާރަށް ހުންނެވި ކަމަށެވެ.
ނަމަވެސް، ރޮޑްރިގޭޒް ވަނީ އެ ވާހަކަތައް ދޮގުކުރައްވައި، އެމެރިކާގެ އިސްތިއުމާރަށް ދުވަހަކުވެސް ބޯނުލަނބާނެ ކަމަށާއި މަޑޫރޯ ދޫކޮށްލުމަށް ގޮވާލައްވާފައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ވެނެޒުއޭލާގައި އެމެރިކާގެ އަސްކަރީ ބާރު ގަދަކުރަން ޖެހިދާނެ ކަމުގެ ބިރު އޮތްއިރު، ޓްރަމްޕް ވަނީ ބޭނުންވެއްޖެ ހިނދެއްގައި ދެވަނަ އަސްކަރީ ހަމަލާއެއް ދިނުމަށްވެސް ތައްޔާރަށް ހުންނެވި ކަމުގެ އިންޒާރުވެސް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު