ސްކޫލްތަކުގައި ދެ ޖިންސްގެ ދަރިވަރުން ވަކިން ކިޔަވައި ދިނުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އާއި ޙަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވަނީ، އެފަދަ ވިސްނުމެއް ނެތް ކަމަށް ވަޒީރު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެކަމުގައި ވަޒީރު އިތުރު ކޮމެންޓެއް ދެއްވާފައި ނުވާކަމަށްވެސް މީޑީއާތަކުގައިވެއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވާއިރު، ދިވެހިރާއްޖޭގެ ސްކޫލް މަދަރުސާތަކަކީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ދަރިވަރުން ތަރުބިއްޔަތުކުރާ ތަންތަނަށް ހެދުމަށްޓަކައި، އަންހެން އަދި ފިރިހެން ދަރިވަރުން މަސްހުނި ނުވާނެހެން ކިޔަވައިދިނުމުގެ ނިޒާމު އިސްލާހުކޮށް ދެއްވުމަށް ރާއްޖޭގެ ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއަށް ޢިލްމުވެރިންގެ ގުޅުމުން ވަނީ އިލްތިމާސް ކޮށްފައެވެ.
ޢިލްމުވެރިންގެ ގުޅުމުން ވަނީ ދާދިފަހުން މީސްމީޑިއާގައި ފެތުރުނު ވީޑިއޯއަކަށް އިޝާރާތް ކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ރާއްޖޭގެ ދެކުނުގެ ރަށެއްގެ ސްކޫލެއްގެ ކިލާސްރޫމް ތެރޭގައި ދެ ޖިންސުގެ ދަރިވަރުން ގައިގޯޅިވެ، ބޭއަދަބީކޮށް އުޅުނު މަންޒަރު ފެންނަ އެ ވީޑިއޯއަކީ ދެ ޖިންސު މަސްހުނިކޮށް ކިޔަވައިދިނުމުގެ ސަބަބުން ކުރިމަތިވާ އަޚްލާޤީ ދަށުދަރަޖައިގެ ކަމެއްގެ ގޮތުގައި އެ ޖަމްޢިއްޔާއިން ސިފަކޮށްފައިވެއެވެ.
އަދި ރާއްޖޭގެ ސްކޫލްތަކުގައި ދެޖިންސް މަސްހުނިކޮށް ކިޔަވައިދޭން ފަށާފައިވަނީ 2008 ވަނަ އަހަރުން ފެށިގެންކަން ދޭހަވާގޮތަށް އިސްލާމް ދީނުގެ ޢިލްމުވެރިންގެ ނަމުގައި ފޮނުވި ސިޓީގައި ބަޔާންކޮށްފައިވެއެވެ.
އެގޮތުން އެ ސަރުކާރާއެކު ތައުލީމީ ދާއިރާއަށް ގެނެވުނު ބަދަލުތަކަކީ އިސްލާމީ އުސޫލުތަކާއި ދިވެހީންގެ ސަގާފަތާ ބީރަށްޓެހި، ސެކިއުލަރ ފިކުރެއްގެ މައްޗަށް ބިނާވެފައިވާ ބަދަލުތަކެއް ކަމަށް ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު