ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސީލިއާ ފްލޮރެސް، އެމެރިކާގެ އަސްކަރިއްޔާއިން ހައްޔަރުކޮށް ބްރޫކްލިންގެ މެޓްރޮޕޮލިޓަން ޑިޓެންޝަން ސެންޓަރު ގައި ބަންދުކޮށްފިއެވެ.
2026 ވަނަ އަހަރުގެ ޖެނުއަރީ 3 ވީ ހޮނިހިރު ދުވަހު ހިންގި "އޮޕަރޭޝަން އެބްސޮލިއުޓް ރިޒޮލްވް" ގެ ދަށުން މި ދެމަފިރިން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ނާކޯ-ޓެރަރިޒަމްގެ ތުހުމަތުގައެވެ.
މީގެ ކުރިން ފިނިކުރި ބޮޑެތި ގަނޑުވަރުތަކުގައި އުޅުއްވި ނަމަވެސް، މިހާރު އެ ދެމަފިރިން ތިބެން ޖެހިފައިވަނީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން "ނަރަކަ" އެއްގެ ގޮތުގައި ސިފަކުރާ ނުރައްކާތެރި ޖަލެއްގައެވެ.
ަނ
ފެޑަރަލް ޖަލުތަކާ ބެހޭ ކޮންސަލްޓަންޓުން ފާހަގަކުރާ ގޮތުގައި، އެމްޑީސީ ބްރޫކްލިން އަކީ ގައިދީންނަށް އިންތިހާއަށް އުނދަގޫ ހާލަތްތަކެއް ތަހައްމަލުކުރަންޖެހޭ ތަނެކެވެ. އެގޮތުން، އެ ތަނުގައި ހޫނުކުރުމާއި ފިނިކުރުމުގެ ނިޒާމު ދަށްވުމުގެ އިތުރުން، ކަރަންޓު ކެނޑުމުގެ މައްސަލަތައް ވެސް ކުރިމަތިވެއެވެ.
ކޮންމެ ގައިދީއަކަށް އެންމެ ބްލޭންކެޓަކާއި ދެ އިންޗި ހުންނަ ތުނި ބާލީހެއް ލިބޭއިރު، ނިދަން ޖެހެނީ ދަގަނޑުން ހަދާފައިވާ ކުޑަ އަށިގަނޑެއްގައެވެ. ދުވާލަކު 23 ގަޑިއިރު ގޮޅީގައި ބަންދުކޮށްފައި ތިބެންޖެހޭއިރު، މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ބައިތިއްބާފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި އެކަކު އަނެކަކާ ވަކިން، ހާއްސަ ސަރަހައްދެއްގެ ދެ ކޮޓަރިއެއްގައެވެ.
މި ދެމަފިރިންގެ މައްޗަށް ކުރެވޭ ދައުވާތަކުގެ ޝަރީއަތް ނިއުޔޯކްގެ ކޯޓެއްގައި ފަށާފައިވާއިރު، މިދިޔަ ހޯމަ ދުވަހު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދެމަފިރިން ވެސް ވަނީ ދައުވާތަކަށް އިންކާރު ކުރައްވާފައެވެ. މަދޫރޯ ކޯޓުގައި ވިދާޅުވެފައިވަނީ އޭނާއަކީ "ހަނގުރާމައިގެ އަސީރެއް" ކަމަށާއި، އޭނާއަކީ އަދިވެސް ވެނެޒުއެލާގެ ގާނޫނީ ރައީސް ކަމަށެވެ. މި ދެމަފިރިންނަށް އެކަކު އަނެކަކާ ބައްދަލުކުރުމުގެ ފުރުސަތު ލިބެނީ ހަމައެކަނި ގާނޫނީ ވަކީލުންނާ ބައްދަލުކުރާ ވަގުތުގައެވެ. މިއީ މީގެ ކުރިން ސޭން "ޑިޑީ" ކޯމްބްސް ފަދަ މަޝްހޫރު މީހުން ބަންދުކުރި، އަދި ހަމަނުޖެހުންތަކާއި މަރުގެ ހާދިސާތައް ހިނގާފައިވާ ބިރުވެރި ޖަލެކެވެ.

ކިޔުންތެރިންގެ ހިޔާލު