ދިވެހިރާއްޖޭގައި މިހާތަނަށް ހިންގާފައިވާ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސްފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ، ރައީސް މުއިއްޒު ރައްޔިތުންގެ ރުހުން ހޯދުމަށް އެކިއެކި ބައްދަލުވުންތައް ބާއްވަމުންދާއިރު، އެ ބައްދަލުވުންތަކުން ވެސް އެންމެ ބޮޑު ކަންބޮޑުވުމަކަށް ފާހަގަވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އަދި ބޯހިޔާވަހިކަން ދިނުމުގައި މިހާތަނަށް އިންސާފު ގާއިމުކުރެވިފައި ނުވާކަމަށް ގިނަ ރައްޔިތުން އެއްބަސްވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބޯހިޔާވަހިކަމާއި ބިމުގެ މައްސަލަތަކަކީ އެންމެ ބޮޑަށް ކޮރަޕްޝަނާއި "ކަޓު" ނެގުމުގެ އަމަލުތައް ހިންގާ ދާއިރާކަން ފާހަގަކުރައްވައި ޒިޔާދު ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ފްލެޓްތައް ދޫކުރުމުގެ މަސައްކަތްތައް ބޮޑަށް ހިނގާފައިވަނީ ރައީސް މުއިއްޒުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.
އެގޮތުން ރައީސް ނަޝީދުގެ ސަރުކާރުން އެޅި 1000 ފްލެޓް ހަވާލުކުރަން ޖެހުނު އިރު އޭރުގެ ހައުސިން މިނިސްޓަރަކަށް ހުންނެވީ މުއިއްޒު ކަމަށާއި، އޭގެ ފަހުން ރައީސް ޔާމީންގެ ސަރުކާރުގައި އައްޑޫއާއި ފުވައްމުލަކުގައި އެޅި ފްލެޓްތަކާއި، ހުޅުމާލޭގެ 7000 ފްލެޓް ދޫކުރިއިރު ވެސް އެ މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވީ އެމަނިކުފާނު ކަމަށް ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު އިތުރަށް ވިދާޅުވީ، މީގެ ކުރިން ބައެއް ފަހަރު ފްލެޓް ދޫކޮށްފައިވަނީ އަމިއްލަ މައުލޫމާތު ރައްކާތެރިކުރުމުގެ ނަމުގައި ކޯޑު ނަންބަރު ބޭނުންކޮށްގެން ނުފޫޒުގެ ތެރެއިން ކަމަށެވެ. އަދި މިހާރު ދޫކުރަން މަސައްކަތްކުރާ 4000 ފްލެޓްގެ މައްސަލާގައި ވެސް ފެންނަނީ ހަމަ އެ މަންޒަރު ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. ކޮންމެ އިންތިޚާބަކާ ދިމާކޮށް ރައްޔިތުންނަށް "ދަޅަދައްކައިގެން" ކަންކަން ވިއްކަން މަސައްކަތް ކުރި ނަމަވެސް، މިހާރު ރައްޔިތުން ހޭލުންތެރިވެފައިވާ ކަމަށް ޒިޔާދު ވިދާޅުވިއެވެ.
ވާހަކަ ނިންމަވާލައްވަމުން ޒިޔާދު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލަ ވިއްކައިގެން ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ލިބުމުގެ ފުރުސަތު ކުޑަވެފައިވާތީ، ސަރުކާރުން މިހާރު މަސައްކަތް ކުރަނީ ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނެސްގެން ނުފޫޒު ފޯރުވަން ކަމަށެވެ. މި މަސައްކަތަކީ ރައްޔިތުންނަށް އޮޅުވާލައިގެން ހިންގާ ހީލަތްތެރި ރޭވުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު