އެމެރިކާއިން މިރޭ އީރާނަށް ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިފަދަ ފިޔަވަޅެއް އަޅުއްވަން އުޅުއްވާކަމުގެ އިޝާރާތްތަކެއް ލިބިފައިވަނީ، އެމެރިކާގެ ސެނެޓަރުން ކަމަށްވާ ޓެޑް ކްރޫޒް އަދި ލިންޑްސީ ގްރަހަމްގެ އޮފީސްތަކާ ހަވާލާދީ ފެތުރެމުންދާ ޚަބަރުތަކުންނެވެ.
މިކަމާ ގުޅޭގޮތުން ސެނެޓަރު ލިންޑްސީ ގްރަހަމް ވިދާޅުވެފައިވަނީ، އީރާނުގެ ރައްޔިތުންނަށް "އެހީތެރިކަން މަގުމަތީގައި" ވާކަމަށާއި، އެމީހުންގެ ދިގު އިންތިޒާރަށް ނިމުމެއް އަންނަން ކައިރިވެފައިވާ ކަމަށެވެ. މީގެ އިތުރުން ރައީސް ޓްރަމްޕްވެސް ވަނީ އީރާނުގެ ސަރުކާރުން މުޒާހަރާގެ ބައިވެރިންނަށް ހަމަލާދީ މީހުން މަރަމުންދާނަމަ، އެމެރިކާއިން އެކަމުގެ ތެރެއަށް ވަންނާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
އީރާނުގައި މިހާރު ކުރިއަށްދާ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާއިރު، އެމެރިކާއިން ދޭން އުޅޭ ހަމަލާއަކީ އީރާނުގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށްދޭ ހަމަލާތަކެއް ކަމަށް ބެލެވެއެވެ.
ނަމަވެސް، މި ހަމަލާއާ ގުޅޭގޮތުން ވައިޓް ހައުސްއިން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. މި ޚަބަރާއެކު މުޅި މެދުއިރުމަތީގެ މަސްރަހަށް މިހާރު ވަނީ ނުތަނަވަސްކަން ވެރިވެފައެވެ.

Several U.S. KC-135R tanker aircraft and B-52 heavy bombers have taken off from Al Udeid Air Base over the past few hours.
— Ashvaq Fauzee (@Ashvarg) January 11, 2026
U.S. drones are also flying near Iranian airspace. pic.twitter.com/q3L9DBnozT
އީރާނުގައި މިހާރު ކުރިއަށްދާ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާއިރު، އެމެރިކާއިން ދޭން އުޅޭ ހަމަލާއަކީ އީރާނުގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށްދޭ ހަމަލާތަކެއް ކަމަށް ބެލެވެއެވެ.
ނަމަވެސް، މި ހަމަލާއާ ގުޅޭގޮތުން ވައިޓް ހައުސްއިން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. މި ޚަބަރާއެކު މުޅި މެދުއިރުމަތީގެ މަސްރަހަށް މިހާރު ވަނީ ނުތަނަވަސްކަން ވެރިވެފައެވެ.
ކިޔުންތެރިންގެ ހިޔާލު