މިދިޔަ ހަފުތާގައި އެމެރިކާ ސިފައިން ވެނެޒުއޭލާއަށް އަރައި އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމިއްލަފުޅަށް ވެނެޒުއޭލާގެ "އެކްޓިން ޕްރެޒިޑެންޓް" ނުވަތަ ވަގުތީ ރައީސްގެ ގޮތުގައި އިއުލާނުކުރައްވައިފިއެވެ.
ޓްރަމްޕް މިކަން ހާމަކުރެއްވީ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރުތު ސޯޝަލް" ގައި ހިއްސާކުރެއްވި، ޑިޖިޓަލްކޮށް ބަދަލުކޮށްފައިވާ ފޮޓޯއަކާ އެކުގައެވެ. މި ފޮޓޯގައި ޓްރަމްޕް ސިފަކޮށްފައިވަނީ ވެނެޒުއޭލާގެ ވެރިކަމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެއްގެ ގޮތުގައެވެ.
ވެނެޒުއޭލާގެ މަސްރަހު މިހާރު އޮތް ގޮތާ ބެހޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެގައުމުގެ އައު ލީޑަޝިޕާ އެކު އެމެރިކާ އިން ވަރަށް ގާތްކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވެނެޒުއޭލާގެ ކަންކަން މިހާރު ދަނީ ވަރަށް ރަނގަޅަށް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ކަންތައްތައް ވާނެ ގޮތެއް ބައްލަވާނެ ކަމަށް އެއާ ފޯސް ވަންގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވިއެވެ.
މަދޫރޯގެ ވެރިކަން ވައްޓާލުމަށްފަހު އެގައުމުގެ ވަގުތީ ރައީސާގެ މަގާމާ ހަވާލުވެވަޑައިގެންނެވި ޑެލްސީ ރޮޑްރިގޭޒްގެ ފަރާތުން އެމެރިކާއަށް 50 މިލިއަން ފީފާގެ ތެޔޮ ފޮނުވުމަށް އެދިފައިވާ ކަމަށްވެސް ޓްރަމްޕް ހާމަކުރެއްވިއެވެ.
ތެލުގެ މި މުއާމަލާތާ ބެހޭގޮތުން ޓްރަމްޕް ވިދާޅުވީ، ގާތްގަނޑަކަށް 4.2 ބިލިއަން ޑޮލަރުގެ އަގުހުރި މި ތެޔޮ ޝިޕްމަންޓް މިހާރު ވަނީ އެމެރިކާއަށް އައުމުގެ މަގުމަތީގައި ކަމަށެވެ. މީގެ އިތުރުން، ޓްރަމްޕް ވަނީ ވެނެޒުއޭލާއިން ކިއުބާއަށް ފޮނުވާ ތެލާއި ފައިސާ މީގެ ފަހުން މުޅިން ހުއްޓާލާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ކަނޑުވާލުމަށް އެމެރިކާގެ އަސްކަރިއްޔާ ބޭނުންކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވެނެޒުއޭލާގެ ރައްޔިތުންނަށް ދެން އެހެން ބައެއްގެ އެހީތެރިކަން ބޭނުން ނުވާނެ ކަމަށް ވިދާޅުވަމުން ޓްރަމްޕް ވިދާޅުވީ، އެގައުމު މިހާރު އޮތީ ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރިއްޔާ ކަމަށްވާ އެމެރިކާގެ ހިމާޔަތުގެ ދަށުގައި ކަމަށެވެ. އަދި ގިނަ އަހަރުތަކެއް ވަންދެން ވެނެޒުއޭލާ އަޅުވެތިކޮށްގެން ތިބި "ގުންޑާއިންނާއި" ފޭރުންތެރިންގެ ކިބައިން އެގައުމު މިހާރު ސަލާމަތްވެފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު