މިހާރު އީރާނުގައި ހިނގަމުންދާ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަސްކަރީ ފިޔަވަޅު އަޅުއްވާފާނެ ކަމުގެ އިންޒާރު ދެއްވުމުން، އީރާނުން ވެސް ހަނގުރާމައަށް ތައްޔާރަށް އޮތް ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ.
އަލްޖަޒީރާ އަރަބިކްއަށް ހޯމަ ދުވަހު ދެއްވި އިންޓަވިއުއެއްގައި އަރާގްޗީ ވިދާޅުވީ، ޓްރަމްޕް އިޚްތިޔާރު ކުރައްވާ ކޮންމެ ފިޔަވަޅަކަށް، އަދި އަސްކަރީ ކުރިމަތިލުމަކަށް ވެސް އީރާން އޮތީ ތައްޔާރަށް ކަމަށެވެ. "ވޮޝިންޓަނުން ކުރިން ވެސް ތަޖުރިބާކޮށްފައިވާ އަސްކަރީ ގޮތްތައް އަލުން އަޖުމަބަލަން ބޭނުންނަމަ، އަހަރެމެން މިތިބީ އެކަމަށް ތައްޔާރަށް،" މިދިޔަ އަހަރުގެ ހޫނު މޫސުމުގައި އީރާނުގެ ނިއުކްލިއާ ތިން މަރުކަޒަކަށް ޓްރަމްޕް ދެއްވި ހަމަލާތަކަށް އިޝާރާތް ކުރައްވައި އަރާގްޗީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، އެންމެ ފަހުން ކުރެވުނު ހަނގުރާމައާ އަޅާބަލާއިރު އީރާނުގެ އަސްކަރީ ގާބިލުކަން މިހާރު މާ ބޮޑަށް ވެސް ވަރުގަދަ ކަމަށެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ހޯމަ ދުވަހު ވިދާޅުވީ، އީރާނަށް ވައިގެ ހަމަލާ ދިނުމަކީ ޓްރަމްޕް ވިސްނަވަމުންދާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
ނަމަވެސް، ރައީސް އަބަދުވެސް އެންމެ ފުރަތަމަ އިސްކަންދެއްވަނީ ޑިޕްލޮމެސީ ނުވަތަ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، ބޭނުންޖެހިއްޖެ ހާލަތެއްގައި އަސްކަރީ ބާރުގެ ބޭނުންކުރަން ޓްރަމްޕް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް ލީވިޓް ފާހަގަކުރެއްވިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު މި މޭރުމުން ވާހަކަދެއްކެވީ، އެއާ ފޯސް ވަންގައި ދަތުރުކުރައްވަމުން ޓްރަމްޕް ނޫސްވެރިންނަށް ދެއްވި ބަޔާނަކާ ގުޅިގެންނެވެ. އީރާނުގެ ވެރިރަށް ތެހެރާނާއި އެހެނިހެން ސިޓީތަކުގައި، އިގްތިސާދީ ހާލަތާއި އަދި މިހާރު އޮތް ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ގިނަ ބަޔަކު މަރުވަމުންދާތީ، އީރާނުން "ރަތް ރޮނގު" ހުރަސްކުރަން ފަށާފައިވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ހިއުމަން ރައިޓްސް އެކްޓިވިސްޓްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މުޒާހަރާތަކުގައި މިހާތަނަށް 500 އަށްވުރެ ގިނަ މީހުން މަރުވެ، 2،600 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
އީރާނުގެ ރޫހާނީ ލީޑަރު އަޔާތުالله އަލީ ޚާމަނާއީ މި މުޒާހަރާތައް ކުށްވެރިކުރައްވާފައިވާއިރު، ޓްރަމްޕްގެ އިންޒާރުތަކަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ، އެމެރިކާއިން އަދިވެސް އީރާނާ މެދު ކަންކަން ނިންމުމުގައި ގޯސް ހިސާބުތަކެއް ޖަހަމުންދާ ކަމަށެވެ.
އަދި އެމެރިކާގެ ރޭވުންތައް ނާކާމިޔާބުވާނެ ކަމަށް ވެސް ޚާމަނާއީ ވިދާޅުވިއެވެ. މީގެ އިތުރުން، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް އީރާނުން ބުނެފައިވާތީ، ޓްރަމްޕް ވަނީ އެފަދަ ކަމެއް ކޮށްފިނަމަ ދުވަހަކުވެސް އީރާނަށް ނުލިބޭ ވަރުގެ ބޮޑު ގެއްލުމެއް ދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު