އެމެރިކާގެ މިނިއަޕޮލިސްގައި ފެޑަރަލް އޭޖެންޓުން ކަރުނަގޭހާއި ލޮލަށް އުނދަގޫވާ ޒާތުގެ ކެމިކަލް ބޭނުންކޮށްގެން ހަރަކާތްތެރިވާން ފަށައިފިއެވެ. މިއީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ (ޑީ.އެޗް.އެސް) އިން އެ އިދާރާގެ ތާރީޚުގައި ހިންގާ އެންމެ ބޮޑު އޮޕަރޭޝަން ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މި އޮޕަރޭޝަނުގެ ދަށުން މިހާރުވެސް އެ ސިޓީގައި ތިބި އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައި.ސީ.އީ) ގެ އެތައް ހާސް އޭޖެންޓުންގެ އިތުރަށް، ބޯޑަރު ބަލަހައްޓާ ސަތޭކައެއްހާ އޭޖެންޓުން ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ.
ޑީ.އެޗް.އެސްގެ އޮފިޝަލަކު ސީ.ބީ.އެސް ނިއުސްއަށް މައުލޫމާތު ދިން ގޮތުގައި، މިނިއަޕޮލިސް ސަރަހައްދުގައި މިވަގުތު ކަސްޓަމްސް އެންޑް ބޯޑަރު ޕްރޮޓެކްޝަންގެ 800 އޭޖެންޓުންނާއި އައި.ސީ.އީގެ 2,000 އޮފިޝަލުން ހަރަކާތްތެރިވަމުންދެއެވެ. "މިއީ ޑީ.އެޗް.އެސްގެ ތާރީޚުގައިވެސް ހިންގާ އެންމެ ބޮޑު އޮޕަރޭޝަން،" ކަމަށް އޭނާ ބުންޏެވެ.
މި އޮޕަރޭޝަން ވަރުގަދަކޮށްފައި މިވަނީ، ފެޑަރަލް އިމިގްރޭޝަން އޭޖެންޓަކު ރެނޭ ނިކޯލް ގުޑް ނަމަކަށް ކިޔާ އަންހެނަކު މަރާލި މައްސަލައިގައި ސިވިލް ރައިޓްސް ތަހުގީގެއް ނުހިންގުމަށް ޖަސްޓިސް ޑިޕާޓްމަންޓުން ނިންމުމާ ގުޅިގެން، އެކަމާ އިހުތިޖާޖުކޮށް އެތައް ފެޑަރަލް ޕްރޮސެކިއުޓަރުންނެއް އިސްތިއުފާ ދީފައިވާ ދަނޑިވަޅެއްގައެވެ.
ސަރުކާރުން ހިންގާ މި ހަރުކަށި އޮޕަރޭޝަން ހުއްޓުވުމަށް އެދި މިނެސޯޓާ ދައުލަތާއި ދެ ސިޓީއެއްގެ މޭޔަރުން މިހާރު ވަނީ ފެޑަރަލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް، މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. މީގެ ހަފުތާއެއް ކުރިން ރެނޭ ނިކޯލް ގުޑްގެ ގަޔަށް ބަޑިޖަހާ މަރާލި ސަރަހައްދުގައި އޭޖެންޓުން ވަނީ އިހުތިޖާޖު ކުރާ މީހުންނާ ދެކޮޅަށް ގޭސް ބޭނުންކޮށްފައެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި، ނަމްބަރު ބޯޑު ނެތް ޖީޕެއްގައި ތިބި އޭޖެންޓުން ވަނީ އާންމުންގެ ގަޔަށް ކެމިކަލް ސްޕްރޭކޮށްފައެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ހޯމްލޭންޑް ސެކިއުރިޓީން ބުނީ ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް 2,000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި، މި މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.
ޓްރަމްޕްގެ ސަރުކާރުން ވަނީ އޭޖެންޓުގެ އަމަލު ދިފާއުކޮށް، އެއީ އަމިއްލަ ނަފުސުގެ ދިފާއުގައި ކުރި ކަމެއް ކަމަށް ބުނެފައެވެ. ނަމަވެސް، މިނެސޯޓާގެ ގަވަރުނަރު ޓިމް ވޯލްޒް އާއި މޭޔަރު ފްރޭ ފަދަ ބޭފުޅުން ވިދާޅުވަނީ ވީޑިއޯތަކުން ފެންނަ ގޮތުގައި އެއީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށެވެ. މީގެ އިތުރުން، ވިސްކޮންސިންގެ ލެފްޓިނަންޓް ގަވަރުނަރު ސާރާ ރޮޑްރިގޭޒް ވަނީ ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، މިސްކިތް ފަދަ ދީނީ މަރުކަޒުތަކުގެ ކައިރީގައި އިމިގްރޭޝަން އޮޕަރޭޝަންތައް ހިންގުން މަނާކުރުމަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު