މުވައްޒަފުންގެ މުސާރައިން ކަނޑާ ޕެންޝަން ފައިސާ، މުވައްޒަފުންގެ ޕެންޝަން އެކައުންޓުތަކަށް ޖަމާކުރަމުން ނުދާ ކަމަށް ވެމްކޯއިން ހާމަކޮށްފިއެވެ.
ވެމްކޯއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދެނީ އެ ކުންފުންޏަށް ލިބޭ އާމްދަނީގެ އިތުރުން ސަބްސިޑީގެ ގޮތުގައި ސަރުކާރުން ދޭ ފައިސާއިން ކަމަށެވެ. ނަމަވެސް އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން ޕެންޝަން ފަންޑަށް ފައިސާ ޖަމާނުކުރެވޭ ކަމަށް ބުނެ ވެމްކޯއިން ވަނީ ބަހަނާތަކެއް ދައްކާފައެވެ.
ވެމްކޯއިން މުވައްޒަފުންގެ ޕެންޝަން އެކައުންޓުތަކަށް ޖަމާކުރަމުން ނުދާ ކަމަށް އެއްބަސްވެފައިވާއިރު، އެކުންފުނިން އެންމެފަހުން މުވައްޒަފުންގެ ޕެންޝަނަށް ފައިސާ ދެއްކި ކަމަށް ޕެންޝަން އޮފީހުން ބުނެފައިވާ ތާރީޚަކީ 16 އޮކްޓޫބަރު 2024 އެވެ. އޭގެފަހުން މި ފާއިތުވި 14 މަސްދުވަހު ވެމްކޯއިން ޕެންޝަނަށް ފައިސާ ދައްކައިފައެއް ނުވެއެވެ.
ވެމްކޯއިން ބުނީ، ޕެންޝަން ފައިސާ ދެއްކުމުގެ މައްސަލާގައި ޕެންޝަން އޮފީހާއެކު ވެމްކޯއިން މަޝްވަރާތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެ ކުންފުންޏަށް ނުލިބިހުރި ޢާމްދަނީ ފައިސާ ހޯދުމަށް މާލީ ވުޒާރާއާއެކު މަޝްވަރާކުރާ ކަމަށްވެސް ވެމްކޯއިން ހާމަކޮށްފައިވެއެވެ.
ވެމްކޯއިން ޕެންޝަނަށް ފައިސާ ނުދައްކާ އޮތް ނަމަވެސް، އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކު ވެސް ޕެންޝަނަށްވާ ފައިސާ ދަނީ އުނިކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު