ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ހަގީގަތުގައި ޚަރަދު ކުޑަކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޗެނަލް 13 ގެ "ނިއުސް ޓޯކް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ، އިންތިޚާބުތައް އެއްކޮށްލުމާ މެދު އޭނާގެ އިއުތިރާޒެއް ނެތް ނަމަވެސް، އެކަން ކުރަން ސަރުކާރުން ދައްކާ އުޒުރުތައް ގަބޫލުކުރަން ދަތި ކަމަށެވެ.
އުމަރު ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ އިޚްލާޞްތެރި ނިޔަތެއް ސަރުކާރުގެ އޮތް ނަމަ، އެންމެ ފުރަތަމަ ފަށަންޖެހޭނީ "ގައިދަށުން" ނުވަތަ ސަރުކާރުގެ އެތެރޭގެ އިސްރާފުތައް ހުއްޓުވުން ކަމުގައެވެ.
އެގޮތުން، މިހާރު އިންތިހާއަށް އިތުރުވެފައިވާ ސިޔާސީ މަގާމުތަކުގެ އަދަދު މަދުކޮށް، މުސާރައަށް ކުރާ ބޮޑު ހޭދަ ކުޑަކޮށްގެން ދައުލަތަށް އެތައް މިލިއަން ރުފިޔާއެއް ސަލާމަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، ސިޔާސީ މަގާމުތައް މަދުނުކޮށް އިންތިޚާބު އެއްކޮށްލައިގެން ޚަރަދު ކުޑަކުރަން އުޅުމަކީ ހަމައެކަނި ދައްކާ ބަހަނާއެއްގެ ގޮތުގައި އުމަރު ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ދައުލަތުގެ ހަރުމުދާ ވިއްކުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށްވެސް އުމަރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ގައުމުގެ ހަރުމުދާ ވިއްކާލުމަކީ ދުރުވިސްނުމެއް ނެތް، ހަމައެކަނި "ނޭފަތު ކުރިއާ ހަމައަށް" ވިސްނުން ގެންގުޅޭ ވެރިން ކުރާނެ ކަމެއް ކަމަށެވެ. މިފަދަ ނިންމުންތަކުގެ ސަބަބުން ގައުމުގެ މުސްތަގުބަލަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމުގެ އިންޒާރުވެސް އުމަރު ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު