އެމެރިކާ އާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަމާޒުކޮށް އީރާނުގެ ދައުލަތުގެ މީޑިއާއިން ނުރައްކާތެރި އިންޒާރެއް ދީފިއެވެ.
އީރާނުގެ ސްޓޭޓް ޓީވީ މެދުވެރިކޮށް މި ވަރުގަދަ އިންޒާރު ދީފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހު ޕެންސިލްވޭނިއާގެ ބަޓްލަރގައި ބޭއްވި ކެމްޕޭން ރެލީއެއްގެ ތެރެއިން ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާގެ މަންޒަރުތަކާއެކު އެޓީވީ ޗެނަލްއިން އާއްމުކުރި ވިޑިއޯ މެސެޖަކުންނެވެ.
އެ މެސެޖުގައި ބުނެފައިވަނީ "މިފަހަރު (ވަޒަން) އަމާޒަށް ނުބަޔެއް ނުވާނެ" ކަމަށެވެ. މިއީ ޓްރަމްޕާ ދެކޮޅަށް އީރާނުން މިހާތަނަށް ފާޅުކަން ބޮޑުގޮތެއްގައި ދިން އެންމެ ވަރުގަދަ އެއް އިންޒާރެވެ.
މި އިންޒާރު އައިސްފައިވަނީ އީރާނުގެ އެތެރޭގެ ހަމަނުޖެހުންތަކާ ގުޅިގެން، އެ ގައުމުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަށް ޓްރަމްޕްގެ ސަރުކާރުން ތައްޔާރުވަމުންދާ ކަމުގެ ރިޕޯޓްތަކެއް ފެންމަތިވެފައިވާ ވަގުތެއްގައެވެ. އެހެން ނަމަވެސް ފަހުގެ ހަބަރުތަށް ބުނާ ގޮތުން ޓްރަމްޕް މިހާރު ވަނީ ހަމަލާ ދިނުމުގެ ވިސްނުން ބަދަލުކޮށްފައެވެ. ޓަރަމްޕް ވިދާޅުވީ އީރާނުގައި މުޒަަހަރާގެ ބައިވެރިން މެރުން މިހާރު މަޑުޖެހިފައިވާކަމަށެވެ. އެހެން ކަމުން އީރާނަށް މިވަގުތު ހަމަލާ ނުދޭނެ ކަމަށެވެ.
އީރާނުގެ އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި އެމެރިކާއިން މަސައްކަތް ކުރަނީ އެ ގައުމުގެ ދާޚިލީ މައްސަލަތައް ބޭނުންކޮށްގެން އަސްކަރީ ގޮތުން ނުފޫޒު ފޯރުވުމަށެވެ. މަސްލަހަތު ގޯސްވަމުންދާ މި ދަނޑިވަޅުގައި، މެދުއިރުމަތީގައި އޮތް އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒުތަކުން ސިފައިންނާއި ވަސީލަތްތައް އެހެން ސަރަހައްދުތަކަށް ބަދަލުކުރަން ފަށާފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މި ނުތަނަވަސްކަމުގެ ތެރެއިން އީރާނުގެ އިސް އޮފިޝަލަކު ވަނީ 2025 ވަނަ އަހަރުގެ ޖޫން މަހު ގަތަރުގެ އަލް އުދައިދު އެއާ ބޭސްއަށް އީރާނުން ދިން ވަރުގަދަ ރައްދު ހަމަލާގެ ހަނދާން އާކޮށްދީފައެވެ. އީރާނުން ބުނާ ގޮތުގައި އެމެރިކާއިން އެ ގައުމަށް އެއްވެސް ކަހަލަ ހަމަލާއެއް ދީފިނަމަ، ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ މަރުކަޒުތަކަކަށް އަމާޒުކޮށް ރައްދު ހަމަލާ ދޭނެއެވެ. މިއާއެކު މުޅި މެދުއިރުމަތީގެ ސަލާމަތީ މަޝްރަހު މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު