ސްރީލަންކާގެ ޑިޕާޓްމަންޓް އޮފް ސެންސަސް އެންޑް ސްޓެޓިސްޓިކްސްއިން އާންމުކޮށްފައިވާ 2024 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާތަކުން ދައްކާގޮތުގައި، އެގައުމުގެ އިރުމަތީ ޕްރޮވިންސްގެ އެންމެ ބޮޑު ނަސްލީ ގުރޫޕުގެ މަގާމު ސްްރީލަންކާގެ މުސްލިމުން (މޫރުން) ވަނީ ހޯދާފައެވެ.

މިއީ މީގެ ކުރިން އެ ސަރަހައްދުގައި އެންމެ އާބާދީ ބޮޑު ތަމަޅަ ނަސްލަށްވުރެ އިތުރު އަދަދެކެވެ. މި ތަފާސްހިސާބުތަކަށް ބަލާއިރު، 2012 ވަނަ އަހަރު މުސްލިމުންގެ އާބާދީ 36.7 އިންސައްތައިގައި އޮތުމަށްފަހު، މިހާރު އެ އަދަދު ވަނީ 39.5 އިންސައްތައަށް އުފުލިފައެވެ.

މި ބަދަލާއެކު، މީގެ ކުރިން އެންމެ ބޮޑު އާބާދީގެ ގޮތުގައި އޮތް ތަމަޅަ ނަސްލުގެ ނިސްބަތް ވަނީ 39.8 އިންސައްތައިން 38.1 އިންސައްތައަށް ދަށްވެފައެވެ. އަދި ސިންހަޅަ ނަސްލުގެ އާބާދީވެސް ވަނީ 23.2 އިންސައްތައިން 22.0 އިންސައްތައަށް ކުޑަވެފައެވެ.

އާބާދީ އިތުރުވި ނިސްބަތަށް ބަލާއިރު، އެންމެ ހަލުވިކަމާއެކު އިތުރުވެފައިވަނީ މުސްލިމް އާބާދީއެވެ. އެގޮތުން މުސްލިމުންގެ އާބާދީ 23.5 އިންސައްތަ އިތުރުވެފައިވާއިރު، ތަމަޅަ އާބާދީ އިތުރުވީ 10.3 އިންސައްތައެވެ. އަދި ސިންހަޅަ އާބާދީ އިތުރުވެފައިވަނީ 9.2 އިންސައްތައިގެ ރޭޓަކުންނެވެ.

މި ތަފާސްހިސާބުތަކުން ހާމަވާގޮތުގައި، ފާއިތުވި 12 އަހަރުގެ ތެރޭގައި އިރުމަތީ ޕްރޮވިންސްގެ އިޖުތިމާއީ އަދި ނަސްލީ އޮނިގަނޑަށް ވަނީ ފާހަގަކުރެވޭ ބޮޑު ބަދަލެއް އައިސްފައެވެ. މި ބަދަލަކީ އެ ސަރަހައްދުގެ ސިޔާސީ އަދި އިގްތިސާދީ ކަންކަމަށްވެސް އޭގެ އަސަރު ފޯރާނެ ބަދަލެއް ކަމަށް މުހައްލިލުން ގަބޫލުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު