ކުވޭތުން ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއަށް ދަތުރުކުރަމުން ދިޔަ ޖަޒީރާ އެއާވޭސްގެ ފްލައިޓެއްގައި، ސްރީލަންކާގެ އަންހެނަކު ފިރިހެން ކުއްޖަކު ވިހައިފިއެވެ.
އޮކްޓޯބަރު 18 ވަނަ ދުވަހު ކުވޭތުން ފުރި މި ފްލައިޓް (ޖޭ9 551) ކޮލަމްބޯއަށް ޖައްސާފައިވަނީ އޮކްޓޯބަރު 19 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
ދަތުރުމަތީގައި ހީނުކުރާ ގޮތަކަށް ހިނގި މި އުފާވެރި ހާދިސާގައި، ޖަޒީރާ އެއާވޭސްގެ ކެބިން ކުރޫއިން ވަނީ އެ މައިމީހާއަށް ފުރިހަމަ އެހީތެރިކަން ފޯރުކޮށްދީ، ރައްކާތެރިކަމާއެކު ވިއްސައިފައެވެ.
މި ހާދިސާއަށްފަހު، އެ އަންހެން މީހާއާއި އަލަށް އުފަންވި ތުއްތު ކުއްޖާ ވަނީ ނެގޮމްބޯ ބޭސް ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށްފައެވެ.
ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިހާރު ދެމައިންގެ ހާލުވެސް ވަރަށް ރަނގަޅު ކަމަށް ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު