އެމެރިކާގެ މަޝްހޫރު "ޓައިމް" މަޖައްލާއިން ހޮވި ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 ޝަޚުސިއްޔަތުންގެ ލިސްޓުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމަނައިފިއެވެ.
މި ލިސްޓުގައި ރައީސް މުއިއްޒު ހިމެނިވަޑައިގަތީ، އާންމު ސިއްހަތު ސލާމަތްކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއި، އެ ދާއިރާއަށް ދެއްވާ ޚާއްސަ އިސްކަމުގެ ސަބަބުންނެވެ. ޓައިމް މަޖައްލާއިން ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖެއިން ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް "ޖެނަރޭޝަން ބޭން" އެއް ތައާރަފްކޮށް، އެފަދަ ހަރުދަނާ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމަކަށް ވެފައެވެ. މި ސިޔާސަތުގެ ދަށުން، 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުން އުފަންވި އެއްވެސް މީހަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމާއި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.
މި ނިންމުމަކީ 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކައި ރައީސް މުއިއްޒު އިސްނަންގަވައިގެން ކުރިއަށްގެންދަވާ މުހިންމު މަސައްކަތެއްކަން އެ މަޖައްލާއިން ފާހަގަކުރެއެވެ. މީގެ އިތުރުން، ރާއްޖެއަށް ވޭޕާއި އީ-ސިނގިރޭޓް އެތެރެކުރުމާއި، ބޭނުންކުރުން މަނާކުރުމަށް ނިންމެވި ނިންމެވުމަކީވެސް ދުންފަތުން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމަޖައްލާއިން ވަނީ ސިފަކޮށްފައެވެ.
ރައީސްގެ މި ސިޔާސަތުތަކަކީ ހަރުކަށި ފިޔަވަޅުތަކެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކުނު ނަމަވެސް، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ޚާއްސަ ކްލިނިކްތަކާއި، ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި 24 ގަޑިއިރު ގުޅޭނެ ހެލްޕްލައިނެއް ގާއިމްކޮށްފައިވާކަން ޓައިމް މަޖައްލާއިން ވަނީ ފާހަގަކޮށްފައެވެ. ހަމައެއާއެކު، މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ ވާރުތަވުން މުޅިން ހުއްޓުވި ފުރަތަމަ ގައުމުގެ ޝަރަފު ރާއްޖެއިން ހޯދާފައިވާކަންވެސް އެ މަޖައްލާގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު