ބަނގްލަދޭޝްގައި މިފަހުން ބޭއްވި ޢާންމު އިންތިޚާބު ކާމިޔާބުކުރެއްވި ބަނގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) އާއި އެ ޕާޓީގެ ލީޑަރު ތާރިޤް ރަޙްމާނަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަރުޙަބާ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޞާލިޙް ވަނީ، ބަނގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ މަސްއޫލިއްޔަތާ ތާރިޤް ރަޙްމާން ޙަވާލުވެވަޑައިގަންނަވާތީ އެމަނިކުފާނަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި ތާރިޤް ރަޙްމާންގެ ޒަޢާމަތުގައި ބަނގްލަދޭޝްގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުން ލިބިގެންދާނެ ކަމުގެ ފުރިހަމަ އިތުބާރު އޮތްކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެއިތުރުން، މި ކާމިޔާބީގެ ސަބަބުން ދިވެހިރާއްޖެއާއި ބަނގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު