ރާއްޖޭގެ ސަރަހައްދުގައި ނުރައްކާ މިންވަރަކަށް ދުންފުހުގެ އަސަރު ހުރި ކަމަށާއި، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް މިކަމުގެ އަސަރު ބޮޑަށް ކުރާނެތީ ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު އިލްތިމާސް ކޮށްފިއެވެ.
މެޓް އޮފީހުން ބުނީ، ދުންފުހުގެ އަސަރު މިހާރު މުޅި ރާއްޖެއަށް ކުރަމުންދާއިރު، ބައެއް ސަރަހައްދުތަކުގައި ވައި ނުސާފުވުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ވަނީ ތިން ކިލޯމީޓަރަށް ވުރެ ދަށަށް ގޮސްފައި ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް ދުވަހު ވެސް އިރުއުތުރުން އަންނަ ވަޔާއެކު މި ހާލަތު ދެމިއޮންނާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މެޓް އޮފީހުން ބުނީ، ވައި ނުސާފުވުމަކީ ސިއްހަތަށް ދިގުމުއްދަތަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ. އޭގެ ތެރޭގައި ނޭވާހިއްލުމާއި، ސިކުނޑި އާއި ނާރުގެ ބަލިތަކާއި، ހިތުގެ ބަލިތަކުގެ އިތުރުން ކެންސަރުގެ ބައެއް ބާވަތްތައް ހިމެނެއެވެ. މި ނުރައްކަލުން ރައްކާތެރިވުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭއިން ދީފައިވާ އިރުޝާދުތަކުގެ ތެރޭގައި ނޭވާލާ ނިޒާމުގެ މައްސަލަ ހުންނަ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ބުރަ މަސައްކަތް ކުރުން މަޑުޖައްސާލުމާއި، ބޭރަށް ނުކުންނަންޖެހޭ ހާލަތްތަކުގައި މާސްކު އެޅުމާއި، ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމާއި، ގޭތެރޭގެ ވައި ސާފުކުރުމަށް "އެއާ ޕިއުރިފައިއާ" ބޭނުންކުރުން ހިމެނެއެވެ.
ރާއްޖޭގެ ވައިގެ ނުސާފުކަން ހުރި މިންވަރު ބަލާ "އެއާ ކޮލިޓީ އިންޑެކްސް" މިހާރު ހުރީ 151 އާއި 200 އާ ދެމެދުގައެވެ. މިއީ ސިއްހަތަށް ނުރައްކާވެދާނެ ހާލަތެއް ކަމަށް މެޓް އޮފީހުން ފާހަގަކުރެއެވެ. ވަކިން ހާއްސަކޮށް، ފުއްޕާމެއާއި ހިތުގެ ބަލިތައް ހުންނަ މީހުންނަށް މިކަމުގެ އަސަރު ބޮޑުވާނެތީ އެފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.
އޭގެއިތުރުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ދުރު ފެންނަ މިންވަރު މަދުވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށާއި، އެންމެހާ ރައްޔިތުން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބާރުއަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު