ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ މިވަގުތު އެންމެ ފާހަގަކޮށްލެވޭ އެއް ދަރިވަރަކީ، އެ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔޫނިއަންގެ ނައިބު ރައީސް އަދި ޔުނިވަރސިޓީގެ ކުރީގެ ބޯޑުގައި ދަރިވަރުން ތަމްސީލުކުރާ މެންބަރު، އއ. މާޅޮހަށް ނިސްބަތްވާ އަޙްމަދު ނާޒިހު ހާޝިމްއެވެ.
އިސްލާމިކް ޔުނިވާސިޓީގައި ޝަރީޢާ އެންޑް ލޯގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރަމުންދާ ނާޒިހަކީ ކަންކަމުގައި އިސްނެގުމާއި، ކެރުމާއި، އަދި ވޮލަންޓިއަރު މަސައްކަތްތަކުގައި ނަމޫނާ ދަރިވަރެކެވެ. އޭނާގެ ހިތްހެޔޮކަމާއި މަސައްކަތްތެރިކަމުގެ ސަބަބުން، ކިޔަވައިދޭ ލެކްޗަރާ އިންނާއި ދަރިވަރުންގެ މެދުގައި ނާޒިހަކީ ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ޒުވާނެކެވެ.

އިސްނެގުމާއި، ކެރުމާއި، އަދި ވޮލަންޓިއަރު މަސައްކަތްތަކުގައި ނަމޫނާ ދަރިވަރެއް : ފޮޓޯ: ރަސް އޮންލައިން
ނާޒިހު ދެކޭގޮތުގައި އައިޔޫއެމް އަކީ ޝަރީޢާ އެންޑް ލޯގެ އިތުރުން އެހެނިހެން ދާއިރާތަކުންވެސް ރާއްޖޭގައި ހުރި އެންމެ ނަމޫނާ ޔުނިވަރސިޓީއެވެ. އަދި އޭނާ ފާހަގަ ކުރި ގޮތުގައި މި ޔުނިވަރސިޓީއަކީ އިސްލާމީ ކަންކަމަށް ބާރުއަޅާ، ދިވެހި މުޖުތަމަޢާ ބަދަހި ގުޅުމެއް އޮތް ތަނެކެވެ.
މީގެ އިތުރުން، ޔުނިވަރސިޓީގެ އިދާރީ ނިޒާމު މިހާރަށްވުރެ ހަރުދަނާވެ، އާޓިފިޝަލް އިންޓެލިޖެންސް އަށް އަހުލުވެރި މާޙައުލަކަށް އެތަން ބަދަލުވުމަކީ އޭނާގެ އެންމެ ބޮޑު އުންމީދެކެވެ.

ހިތްހެޔޮކަމާއި މަސައްކަތްތެރިކަމުގެ ސަބަބުން، ކިޔަވައިދޭ ލެކްޗަރާ އިންނާއި ދަރިވަރުންގެ މެދުގައި ނަޒީހަކީ ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ޒުވާނެއް | ފޮޓޯ: ރަސް އޮންލައިން
ނާޒިހުގެ ތަޞައްވުރަކީ އިސްލާމިކް ޔުނިވަރސިޓީއަކީ ދަރިވަރުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ކެންޓީނަކާއި، ޕާކިންގ ޖާގަހުރުން ފަދަ ލުއިފަސޭހަތައް ހުރި ތަނަކަށް ވުމެވެ.
ކުރިމަގުގައި ޝަރުޢީ ދާއިރާއިން އިތުރަށް ދިރާސާކޮށް، އެ ދާއިރާއިން ކުރިއަށް ދިއުމުގެ އަޒުމް ކަނޑައަޅައިގެން ހުރި ނާޒިހު، އެހެން ދަރިވަރުންނަށް ދޭ ނަޞޭޙަތަކީ މަތީ ތަޢުލީމު ހާސިލުކުރާ ދުވަސްވަރަކީ ލިބޭނެ އެންމެ ރަނގަޅު ފުރުޞަތުކަން ދަނެގަތުމެވެ. އެއީ އާ ކަންތައްތަކެއް ދަސްކޮށް، ދިރިއުޅުމަށް ބޭނުންވާ މުހިންމު ހުނަރުތައް ހޯދަން ލިބޭ "ރަނުގެ ފުރުޞަތެއް" ކަމަށް އޭނާ ސިފަކުރެއެވެ. އަދި ޔުނިވަރސިޓީގެ ހަރަކާތްތަކުގައި އިސްވެ ބައިވެރިވުމަކީ ކޮންމެ ދަރިވަރަކަށްވެސް އެދަރިވަރެއްގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވެ އަދި އެހެން ދަރިވަރުންނާއި އިތުރަށް ގުޅުންބަދަހިވެ އެމީހުންގެ މެދުގައިވެސް ތިމާއަށް އިތުބާރު ލިބިގެންދާނެ ކަމެއް ކަމުގައިވެސް ނަޒީހު ބުނެއެވެ.
ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި ހިތާމަވެރި ދަނޑިވަޅުތަކާ ބެހޭގޮތުން ވާހަކަދައްކަމުން ނާޒިހު ބުނީ، ކޮންމެ ހާލަތެއްގައިވެސް މާތްﷲ އަށް ވަކީލުކޮށް، ކެރުމާއެކު ކުރިމަތިލުމުން ކާމިޔާބީގެ މަގު ފެންނާނެ ކަމަށެވެ. މިއަދު ނާޒިހަކީ ހަމައެކަނި ދަރިވަރެއް ނޫނެވެ؛ އޭނާއަކީ ހިތްވަރާއި، އުންމީދާއި، ޚިދުމަތްތެރި ޖޯޝާއެކު ނަމޫނާ ދައްކަމުން އަންނަ ޒުވާނެކެވެ.
"ރަސް" އޮންލައިންއާ ވާހަކަދެއްކެވި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގެ އިސް އުސްތާޛަކު ފާހަގަކުރެއްވި ގޮތުގައި، ނާޒިހަކީ ހަމައެކަނި ކިޔެވުމަށް މޮޅު ދަރިވަރެއް ނޫނެވެ. އޭނާ ފާހަގަކުރެއްވިގޮތުގައި، ނާޒިހަކީ ތަޢުލީމީ ގޮތުން ހޯދާ ކާމިޔާބީތަކުގެ އިތުރުން، ޔުނިވަސިޓީން އިންތިޒާމުކޮށްގެން ހިންގާ ތަފާތު އިޖުތިމާއީ އަދި އިތުރު ހަރަކާތްތަކުގައިވެސް ނަމޫނާ ދައްކަމުން އަންނަ، ވަރަށް ހަރަކާތްތެރި، އަދި އިސް ދައުރެއް އަދާކުރާ ދަރިވަރެކެވެ. އަދި އޭނާއަކީ އަޚްލާގީ ގޮތުން ރަނގަޅު، އެހެން ދަރިވަރުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލުކަން ހުރި، މުސްތަގުބަލުގައި ގައުމަށް ފައިދާހުރި ޚިދުމަތްތަކެއް ކޮށްދޭނެ ފަދަ އުންމީދީ ޒުވާނެއްކަންވެސް އެ އުސްތާޛު ފާހަގަކުރެއްވިއެވެ.
ރަސްއޮންލައިން އެދެނީ ނާޒިހަަކީ ކުރިމަގު އުޖާލާވެ ކާމިޔާބުކަމާއެކު އުއްމީދުތައް ހާސިލްކުރެވިގެން ދިއުމެވެ.

ކިޔުންތެރިންގެ ހިޔާލު