ބަރަކާތްތެރި ރަމަޟާން މަސް ފެށުމާ ގުޅިގެން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ދިވެހި ރައްޔިތުންނަށް މި މާތް މައްސަރުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ފޮނުއްވައިފިއެވެ.

ބަރަކާތްތެރި ރަމަޟާން މަސް އައުމާ ގުޅިގެން ރައީސް ޞާލިޙު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަމަޟާން މަހުގެ އުފަލުގައި ހުރިހާ ރައްޔިތުންނަށް އިޚްލާޞްތެރި ތަހުނިޔާއެއް އަރިސްކުރައްވާ ކަމަށެވެ. އަދި މި ބަރަކާތްތެރި މައްސަރުގެ ދަރުމައާއި ޘަވާބު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު، މާތް ﷲ އަޅުގަނޑުމެންނަށް ދެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާ ކުރައްވާފައެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށްވެސް ރައީސް ޞާލިޙު ގެންދަވަނީ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި، ދީނީ ކަންކަމަށް ސަމާލުކަން ދިނުމަށް ބާރުއަޅުއްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު